ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 17:17
މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ
މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ ކުއްޔަށް ދޫކުރަނީ
މާލެ ސިޓީ ކައުންސިލްގެ ކޯޕަރޭޓް ސަރވިސަސް ކޮމެޓީން އަގުތައް ކަނޑައަޅާނެ
މިއީ މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ގުޅޭނެ ވަސީލަތަކަށް ވެގެންދާނެ

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ ކުއްޔަށް ދިނުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ކުއްޔަށް ދިނުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ ޖަލްސާގައެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރގައި އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ޖަމިއްޔާތަކާއި، ކުންފުނިތަކާއި، ސިޔާސީ ޕާޓީތަކާއި، މިނޫނަސް އިޖްތިމާއީ އެކިއެކި ބޭނުންތަކަށް ކުއްޔަށް ދިނުމާބެހޭ އުސޫލުގެ ދަށުން މީޑިއާ ސެންޓަރގައި އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް މިތަން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކުއްޔަށް ދިނުމަށް އަގުތައް ކަނޑައެޅުމުގެ ގޮތުން ބުދަ ދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ކޯޕަރޭޓް ސަރވިސަސް ކޮމެޓީއަށް ފޮނުވުމަށްފަހު އަގުތަކެއް ކަނޑައެޅުމަށެވެ.

Advertisement

މީޑިއާ ސެންޓަރަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައިވާގޮތަށް ކައުންސިލާއި މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްޓަކައި ފެށިގެން ދިޔަ މުހިންމު މަސައްކަތެކެވެ.

މީޑިއާ ސެންޓަރު ހުޅުވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރަކީ މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ގުޅޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި މިއަހަރުގެ ރަމަޟާން މަހުގައި ވަނީ ކައުންސިލުން ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް