ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 02:16
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް
ރާއްޖެއެމްވީ
ރައީސް ޞާލިހާމެދު ކުރާ ކޮރަޕްޝަންގެ ތުހުމަތު
ރައީސް ޞާލިހަކީ އަދީބު ދޭ ފައިސާ ދަބަހެއް ހިތްޕަވައިގެން ވަޑައިގަންނަވަން ޖެހޭވަރުގެ ބޭފުޅެއް ނޫން: ޝަރީފު
ރައީސް ޞާލިހުގެ ބޮލުގައި އެކަން އަޅުވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ޝަރީފް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަކީ ކުރީގެ ނައިބު ރައީީސް އަހުމަދު އަދީބުގެ އަތުން ފައިސާ ހޯއްދަވާފަދަ ހާލަތެއްގައި ހުންނެވި ބޭފުޅެއް ނޫންކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް އެމްއެމްޕީއާރުސީ ފައިސާއިން ބައެއް ލިބިވަޑައިގެންނެވިކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ރައީސް ޞާލިހަކީ އަދީބު އަތުން ދެމިލިއަނުން ނުވަތަ ތިން މިލިއަނުން ނުވަތަ އެއަށްވުރެ ގިނައިން ފަންސާސް މިލިއަނުންވިޔަސް ހޯއްދަވާނެ ބޭފުޅެއް ނޫންކަމަށެވެ. ޝަރީފު ވިދާޅުވީ ރައީސް ޞާލިހަކީ ރާއްޖޭގައި ތިބި މުއްސަނދި ތަނަވަސް އާއިލާއެއް ކަމުގައިވާ ސިއްކަ އާއިލާގެ ސިއްކަ އަހުމަދު އިސްމާއީލުގެ ދަނބިދަރިކަމަށެވެ.

އެހެންވީމާ އަދީބު ދެއްވާ ދެ ތިން ހަތަރު މިލިއަން ރުފިޔާއެއް ބައްލަވާ ކަޅު ދަބަހެއް ހިފައިގެން އިބޫ ޞާލިހު ވަޑައިގަންނަވާކަން ނުޖެހޭނެ. ރައީސް ޞާލިހުގެ ބޮލުގައި އެކަން އަޅުވަނީ ސިޔާސީ މަގުސަދެއްގައި ސިޔާސީ ބޭނުމެއްގައިކަން އަޅުގަނޑުމެން އެންމެންނަށްވެސް ހަގީގަތް އެނގޭ އެންމެންނަށް އެނގޭނެ ސާފުކޮށް. ކީއްކުރަންތޯ ދެތިން ހަތަރު މިލިއަން ރުފިޔާ ހޯދަނީ އިބޫ ޞާލިހު. އިބޫ ޞާލިހު ސިޔާސީ ކަންކަމުގައި މާބޮޑެތި ޚަރަދުތައް އެބަކުރައްވާ.
އިބްރާހީމް ޝަރީފް / މަރަދޫ ދާއިރާގެ މެމްބަރު

ޝަރީފު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެމްޕެއިންގެ ބޮޑު ޚަރަދެއް ކުރެއްވީ ރައީސް ޞާލިހު އަމިއްލަފުޅަށްކަމަށެވެ. އެކަން އެނގިވަޑައިގަންނަވާކަމަށާއި އެމްޑީޕީ އުފެދިގެން އައިއިރުވެސް އެންމެ ބޮޑު ޚަރަދެއް އެމްޑީޕީގެ އިދާރީ ހިންގުމަށް ކުރެއްވި އެއް ބޭފުޅަކީ ސިއްކަ އަހުމަދު އިސްމާއީލުގެ ފަރާތުން ރައީސް ޞާލިހުކަމަށެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ހުރިހާ ވާދަވެރިން އެހުރިހާ ވާހަކައެއްވެސް ދައްކާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް