Advertisement
ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 20:21
ނައިބު ރައީސް ފައިސަލް ނަސީމު ނޮޅިވަރަމު ކައުންސިލާ ބައްދަލުކުރެއްވުން
ނައިބު ރައީސް ފައިސަލް ނަސީމު ނޮޅިވަރަމު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގަތުން
ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެން ރަށުގެ ތަރައްގީއާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކުރައްވައިފި
އެމަނިކުފާނު ވަނީ ނޮޅިވަރަމުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައި
ކައުންސިލުން ވަނީ، ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތިތަކާގުޅޭގޮތުން ނައިބު ރައީސަށް ދަންނަވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ނޮޅިވަރަމު ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހު ހަވީރު ނޮޅިވަރަމު ކައުންސިލް އިދާރާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ. ނޮޅިވަރަމަށް ވަޑައިގެންނެވުން އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ކައުންސިލާއި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި ނަރުދަމާ ފުރިހަމަވެފައި ނެތުމާއި އައު އިންޖީނުގެ އެޅުމާއި ޒަމާނީ ފެންވަރަށް މަގުތައްހަދައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެމެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ، ނޮޅިވަރަމުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. ​މީގެ އިތުރުން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބައްލަވައި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރި ކަންކަމުގެ ތެރެއިން ނޮޅިވަރަމު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައިކަން ފާހަގަކުރެއްވިއެވެ.

ރައިީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ވަނީ، ނޮޅިވަރަމު ހެލްތު ސެންޓަރަށާއި ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެތަނުގެ ވަސީލަތްތަކާއި ޚިދުމަތް ހުރިނެތް ގޮތް އޮޅުން ފިލުއްވައި، ސިއްހީ މަރުކަޒުގައި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލު ބައްލަވާފައެވެ. އަދި އެމަނިކުފާނުވަނީ، ނޮޅިވަރަމު ސްކޫލަށް ޒިޔާރަތްކުރައްވައި އެސްކޫލުގެ ކަންކަން ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި ނޮޅިވަރަމު ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅުކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް