ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 22:57
ޖޯންސަން އެންޑް ޖޯންސަންގެ ފުށް
ޖޯންސަން އެންޑް ޖޯންސަންގެ ފުށް
ރޮއިޓާރސް
ޖޯންސަން އެންޑް ޖޯންސަން
ޖޯންސަން އެންޑް ޖޯންސަންގެ ފުށް އަންނަ އަހަރުން ފެށިގެން ވިއްކުން ހުއްޓާލަނީ
އެ ބްރޭންޑްގެ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވޭ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރޭ

ޖޯންސަން އެންޑް ޖޯންސަންގެ ބޭބީ ޕައުޑަރ ނުވަތަ ތުއްތު ކުދިންގެ ގައިގައި ޖެހުމަށް ބޭނުންކުރާ ފުށް، އަންނަ އަހަރުން ފެށިގެން ވިއްކުން ހުއްޓާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ބްރޭންޑްގެ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވޭ ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ އެ ކުންފުންޏާއި ދެކޮޅަށް ދައުވާ ވެސް ކޮށްފައެވެ. އަދި ބައެއް ދައުވާތައް ސާބިތުވެ، ބޮޑެތި އަދަދުތަކުން ބަދަލު ވެސް ވަނީ ދޭން ޖެހިފައެވެ.

އެހެންކަމާއި އެކުވެސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފުށާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެއް ކަމަށެވެ.

އެކުންފުނިން ވަނީ 2020 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާގައި ޖޯންސަން އެންޑް ޖޯންސަންގެ ފުށް ވިއްކުން ހުއްޓާލާފައެވެ. ޖޯންސަން އެންޑް ޖޯންސަން އާއި ދެކޮޅަށް އެތައް ބަޔަކު ކުރަމުންދިޔަ ދައުވަތަކަކާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތަކަށް އުތުރު އެމެރިކާގައި އޮތް އިތުބާރު އަދި މާކެޓް ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް