ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 09:50
އެޑޮލްފް ހިޓްލަރގެ ރަން ގަޑި
އެޑޮލްފް ހިޓްލަރގެ ރަން ގަޑި
ޑެއިލީ މެއިލް
ހިޓްލަރގެ ގަޑި ނީލަންކިޔުން
ހިޓްލަރގެ ރަން ގަޑި 1.3 މިލިއަން ޕައުންޑަށް ވިއްކާލައިފި
ނީލަންކީ ގަޑިއަކީ ހިޓްލަރއަށް ނާޒީ ޕާޓީން ދިން ގަޑިއެއް ކަމަށް ބެލެވޭ
އެގަޑީގައި ހިޓްލަރގެ ނަން ފެށޭ އަކުރުތައް ވަނީ ކަނޑާ ނަގާފައި

ނާޒީ ލީޑަރު، އެޑޮލްފް ހިޓްލަރގެ ރަންގަޑި 1.3 ޕައުންޑަށް ނީލަމުގައި ވިއްކާލައިފިއެވެ.

އެ ގަޑިއަކީ ސްވާސްޓިކާ އާއެކު ޒީނަތްތެރިކޮށްފައިވާ، ހިޓްލަރގެ ނަން ރަމްޒުކޮށްދޭ "އޭ އެޗް" ކަނޑާނަގާފައިވާ އަތުކުރި ގަޑިއެކެވެ. އެ ގަޑި ވިއްކާލީ ކޮން ފަރާތަކަށް ކަން ހާމަކޮށްފައިނުވާ އިރު، އެ ގޑި ތާރީޚީ ނީލަމެއްގައި ގަޑި ވިއްކާލުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިއުނިކްގެ އެންޑްރިއަސް ހިއުބަރ ހަދާފައިވާ އެ ގަޑިއަކީ ކަޅު ކަމަރުލީ ގަޑިއެކެވެ. އެ ގަޑީގައި ހިޓްލަރގެ އުފަން ތާރީޚާއި، ހިޓްލަރ މަޤާމަށް އައްޔަން ކުރި ދުވަސް އަދި ނާޒީ ޕާޓީން 1933 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރި ތާރީޚު ލިޔެފައިވެއެވެ. އެ ގަޑިއަކީ 1945ގައި ފްރާންސްގެ ސިފައިންގެ މީހަކު ހަނގުރާމައިގެ މައިދާނުން މަރާމާތުކުރެވުނު ތަކެތީގެ ތެރޭގައި ހޯދާފައިވާ ގަޑިއެކެވެ.

ބުނެވޭގޮތުގައި މި ގަޑިއަކީ 1933 ވަނަ އަހަރު ހިޓްލަރ ޖަރުމަނުގެ ޗާންސިލަރުގެ މަޤާމަށް އިންތިޚާބުވުމާއި ގުޅިގެން ނާޒީ ޕާޓީއިން އޭނާއަށް ދިން ގަޑިއެކެވެ.

ޖަރުމަނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މުޅި ދުނިޔެ އެ ގައުމުގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރި ޤައުމެކެވެ. އެއީ ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރގެ މޭސްތިރިކަމުގެ ދަށުން ކުރިކަމަކަށް ވާއިރު، ހިޓްލަރއަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ޚުދުމުހުތާރު އަދި އަނިޔާވެރި އެއް ވެރިޔާކަން ތާރީޚުގައި ލިޔެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް