Advertisement
ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 12:50
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
ރައްޔިތުންގެ މަޖިލިސް
ޑީއާރުޕީގެ ރިޔާސީ ކެނޑިޑޭޓް
12 މީހުންގެ ކެބިނެޓަކާއެކު ޖާބިރު ވެރިކަމަށް!
ޑީއާރުޕީއިން ޖާބިރުއަށް ޓިކެޓް ދިނީ އެކަމަށްޓަކާ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އެންމެންގެ އިއްތިފާގުން
ޑީއާރުޕީއިން އެކުލަވާލި ކެބިނެޓް ލިސްޓުގައި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ އާއި އާއިލާގެ އެހެން ބޭފުޅުން ހިމެނޭ

12 މީހުންގެ ކެބިނެޓެއް އެކުލަވާލާ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެރިކަމަށް ކުރިމަތިލައްވަން ތައްޔާރުވެ ވަޑައިގަންނަވައިފިއެވެ.

އިއްޔެ ޑީއާރުޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައި ޖާބިރުއަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެ ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުންނެވެ. ޖާބިރު ވަނީ އޭނާގެ ވެރިކަމެއްގައި އެކުލަވާލާނެ ވުޒާރާތަކާއި ވުޒާރާތަކަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ވެސް ހާމަކުރައްވާފައެވެ.

Advertisement

އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް ޝިހާމް، ފޮރިން މިނިސްޓަރަކަށް ދިޔާނާ، ބަންޑާރަ ނައިބަކަށް އިޝްރާގް ތައުފީގު، ހޯމް މިނިސްޓަރަކަށް މުހައްމަދު ޖާބިރު، ޑިފެންސް މިނިސްޓަރަކަށް އައިމިނަތު ޖާބިރު، ކެބިނެޓް ސެކެޓްރީއަކަށް އައްޒާމް، އިސްލާމިކް މިނިސްޓަރަކަށް އަފީފް، ޖެންޑަރ މިނިސްޓަރަކަށް ރިސާލަތު، ޕްލޭނިން އަދި ހައުސިން މިނިސްޓަރަކަށް ރިޝްފާ، ފިޝަރީޒް މިނިސްޓަރަކަށް އެންސިސް ވަސީމް، އެޑިއުކޭޝަން މިނިސްޓަރަކަށް މަސްއޮޑި ނައީމް އަދި ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަން އެންޑް ހެރިޓޭޖް މިނިސްޓަރަކަށް މުއާޒް އަބްދުﷲ ޖާބިރު އައްޔަން ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވެރިކަމަށް ކުރިމަތިލައްވާނީ އަންހެން ކެނޑިޑޭޓަކާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ސިޔާސީ ނުފޫޒެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ އޭނާއަށް ކަމަށް ޤަބޫލުކުރައްވާތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް