ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 14:16
އެމްބީބީއޭން ޔޫތު މިނިސްޓަރު އަދި އައިބީސީއާ ބައްދަލުކުރަނީ: ފޮޓޯ-އެމްބީބީއޭ
އެމްބީބީއޭން ޔޫތު މިނިސްޓަރު އަދި އައިބީސީއާ ބައްދަލުކުރަނީ: ފޮޓޯ-އެމްބީބީއޭ
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ވިޒިޓް މޯލްޑިވްސް ޕްރޯގައި 13 ޤައުމަކުން އެތުލީޓުން ބައިވެރިވެއްޖެ
މުބާރާތް ފަށާނީ ހުކުރު ދުވަހު

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ވިޒިޓް މޯލްޑިވްސް ޕްރޯގައި މިހާތަނަށް 13 ޤައުމަކުން އެތްލީޓުން ބައިވެރިވެފައިވާކަމަށް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން ބުނެފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން ބޮޑީބޯޑަރުން ވާދަކުރާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިންޓަރނޭޝަނަލް އެތްލީޓުންނަށް މިމަހުގެ 27 ގެ ނިޔަލަށް އެބައޮތެވެ. މިހާރުވެސް އެތްލީޓުން މުބާރާތުގައި ބައިވެރިވަމުން އަންނަކަމަށް އެސޯސިއޭޝަނުން މައުލޫމާތުދިނެވެ. މިމުބާރާތަކީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގެވެ. މުބާރާތް އޮންނާނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގައެވެ. މުބާރާތަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖޭގެ ބޮޑީބޯޑިންގ އެސޯސިއޭޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން ސްޓޭޖް ހެދުމާއި, ވީއައިޕީ ސަރަހައްދު ހެދުމާއި, ޖަޖުންނަށް ކަނޑައެޅިފައިވާ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބޮޑީބޯޑިންގ އެސޯސިއޭޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ އައިބިސީގެ ޓެކްނިކަލް އޮފިޝަލުންނާއެކުއެވެ. އައިބީސީގެ ޓެކްނިކަލް އޮފިޝަލުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އަދި މުބާރާތުގެ ވާދަކުރާ ބޮޑީބޯޑަރުންވެސް ވަނީ ރާއްޖެ އަންނަން ފަށާފައެވެ. މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ބޮޑީ ބޯޑަރުންނަށް ޚާއްޞަ ފުރުޞަތުތަކެއްވެސް ވަނީ ފަހިކޮށްދީފައެވެ.

ރާއްޖޭގެ ޖޫނިއަރ އަދި މެންސް އޯޕަން ޓީމް އެކުލަވާލެވިއްޖެ. މުބާރާތުން ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން. އެކުދިންގެ މަސައްކަތާއި, އެކުދިންގެ ހުނަރާ ދޭތެރޭ އަޅުގަނޑު އިތުބާރުކުރަން.
ޢަބުދުالله އަރީފް/ ބޮޑީބޯޑިންގ އެސޯސިއޭޝަންގެ ރައީސް

މުބާރާތް އޮންނާނީ މިމަހުގެ 29 ން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް