Advertisement
ކ. މާލެ
|
22 ޖުލައި 2022 | ހުކުރު 15:46
ދިޔާނާ ސައީދު
ދިޔާނާ ސައީދު
މުހައްމަދު ޝަރުހާން
ދިޔާނާ ޑީއާރުޕީއާ ގުޅިވަޑައިގަތުން
ޖާބިރު މިއަދު ހުކުރަށް ވަޑައިގަތީ ދިޔާނާ ޑީއާރުޕީއާ ގުޅިވަޑައިގެންފައިވާ ކަމުގެ ޚަބަރު ދެއްވާފައި
ދިޔާނާ ވަނީ މީގެ ކުރިންވެސް ޑީއާރުޕީގައި ހަރަކާތްތެރިވެފައި
އެންމެ ފަހުން ދިޔާނާ ހުންނެވީ އެމްޑީޕީގައި

ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް ސޮއިކުރައްވައިފިއެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ބާރަށުގައި ހުންނަވާ ހުކުރަށް ވަޑައިގަތުމުގެ ކުރިން އާންމުކުރެެއްވި ވީޑިއޯއެއްގައި ވަނީ މިކަން ހާމަކުރައްވާފައެވެ.

Advertisement

ދިޔާނާ ޑީއާރުޕީއާ ގުޅިވަޑައިގެންފައިވާކަން ހާމަކުރައްވައި ޖާބިރު އާންމުކުރެއްވި ވީޑިއޯގައި ވަނީ ދިޔާނާ މީގެ ކުރިންވެސް ޑީއާރުޕީގައި މަސައްކަތްކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ ކުރިން ދިޔާނާ ވަނީ ޑީއާރުޕީގެ ކައުންސިލް މެމްބަރެއްގެ މަގާމު އަދާކުރައްވާފައެވެ. ދިޔާނާއަކީ އެޕާޓީގެ ފައުންޑިންގ މެމްބަރަކަށްވާއިރު، ޑީއާރުޕީގެ އަސާސީ ގަވާއިދު އުފަންކުރުމުގައި ދިޔާނާ މަސައްކަތްތަކެއް ކުރައްވާފައިވާކަން ޖާބިރު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން ދިޔާނާ ހުންނެވީ އެމްޑީޕީގައެވެ. މި ސަރުކާރު ގެނައުމުގައިވެސް ދިޔާނާ ވަރަށް އިސް ރޯލެއް އަދާކުރައްވާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ. ދިޔާނާއަކީ ގާބިލް ބޭކަނބަލެއް ކަމުގައި ޖާބިރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް