Advertisement
ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 11:48
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
މިނިވަން ދުވަސް
ޖުލައި މަހުގެ 28ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވާނެ
ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހު
އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހު
މިއަހަރު ފާހަގަކުރާނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 57 އަހަރުފުރުމުގެ މުނާސަބަތު

ޖުލައި މަހުގެ 28ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މި އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން، ކުރިންވެސް ހަމަޖައްސާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހުކަމަށެވެ.

އެހެންކަމުން، މިނިވަން ދުވަހާއި ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ.

Advertisement

އެހެންނަމަވެސް، ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރާ ގޮތަށް ހަމަޖެހިފައި ނުވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިއަހަރު ފާހަގަކުރާނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރުމުގެ މުނާސަބަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް