Advertisement
ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 13:05
ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ހުށައަޅާ ހުށައެޅުންތައް ދިރާސާކުރާ ބޯޑެއް
ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ހުށައަޅާ ހުށައެޅުންތައް ދިރާސާކުރާ ބޯޑެއް
ކަރެކްޝަންސް
ކްލެމެންސީ ބޯޑު
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކްލެމެންސީ ބޯޑުން 161 މައްސަލަ ނިންމައިފި
ބޯޑަށް ޖުމުލަ 257 މައްސަލައެއް ހުށައެޅިފައިވޭ
މިހާރު ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 73
ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކްލެމެންސީ ބޮޑުން 161 މައްސަލަ ނިންމައިފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކްލެމެންސީ ބޯޑުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ބޯޑަށް ޖުމުލަ 257 މައްސަލައެއް ހުށައެޅިފައިވެއެވެ. އޭގެ ތެރެއިން 161 މައްސަލައެއް ބޯޑުން ވަނީ ނިންމާފައެވެ.

ބޯޑަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 23 މައްސަލައެއް ވަނީ އެކި ސަބަބުތަކާހުރެ ކެންސަލް ކޮށްފައެވެ. އަދި މިހާރު ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 73 އެވެ.

ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލު ކުރުމަށް ފެންނަ ގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ބޯޑެކެވެ.

ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލް އަލްއުސްތާޒު އިބްރާހިމް ރިފްފަތެވެ.

Advertisement

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑުގައި 11 މެމްބަރުން ހިމެނެއެވެ.

ބޯޑުގައި ހިމެނެނީ ޤާނޫނީ ދާއިރާއިން މީހަކާއި ތަޢުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ޞިއްޙީ ދާއިރާގެ މީހަކާއި ދީނީ ޢިލްމުގެ މީހަކާއި މަދަނީ ޖަމްޢިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރަކާއި ފުލުހުންގެ ދާއިރާގެ މީހަކާއި ޝަރުޢީ ދާއިރާގެ މީހެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެކެވެ.

ކްލެމެންސީ ބޯޑުން މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ވަނީ މައްސަލަތައް ނިންމާފައެވެ. އެގޮތުން މިދިޔަ އަހަރު 609 މައްސަލަ ނިންމާފައިވާ ކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއެވެ.

މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ ބަލާއިރު މިއީ 356 ޕަސެންޓް އިތުރުވުމެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް