މިހާރު ދުނިޔޭގައި އިންނެވި ރަސްކަލެއްގެ އެންމެ ބޭފުޅެއް! އަންހެން ބޭފުޅެއް! އެއީ އަލްއަމީރާ ޒަރީނާ ނޫރައްދީން

ރާއްޖޭގެ ލަފުޒީ މާނައަކީ ރަސްކަމެވެ. މަމްލިކާ ނުވަތަ ކިންގުޑަމެވެ.

ރާއްޖޭގެ މުޅި ތާރީޚުގެ އެނގެން އޮތް ތަފުސީލު ތާރީޚުގެ އެންމެ 55 އަހަރު (1 ޖަނަވަރީ 1953ން 21 އޮގަސްޓު 1953ށް ހަތްމަސް ނުވަތަ އަށެއްކަމަސް ދުވަހާއި އަދި 11 ނޮވެންބަރު 1978ން މިހާތަނަށް މިވީ 54 ވަރަކަށް އަހަރު) ފިޔަވައި އެހެން ހުރިހާ ޒަމާންތަކެއްގައި ރާއްޖޭގައި އޮތީ ރަސްކަމެވެ.

ވީމާ، 1153 އިން ފެށިގެން އިސްލާމް ދިވެހިރާއްޖޭގައި 815 އަހަރު ރަަސްކަން ދެމިއޮތެވެ.

ރާއްޖޭގެ ވިރާސީ ރަސްކަމަށް (ދަރިކޮޅުތަކުން ވާރުތަކުރާ ރަސްކަމަށް) ނިމުންއައީ 1944ގައެވެ. ރާއްޖޭގެ ރަސްކަމަށް ނިމުންއައީ 11 ނޮވެންބަރު 1968ގައި މި ޖުމުހޫރިއްޔަތު ފެށުމުންނެވެ.

ވީމާ، ރާއްޖޭގެ ޝާހީ ޢާއިލާތައް އެބައޮތެވެ. ހުރަވީ ރަސް ދަރިކޮޅެވެ. ދިޔަމިގިލި ރަސް ދަރިކޮޅެވެ. އިސްދޫ ރަސް ދަރިކޮޅެވެ. މިދަރިކޮޅުތަކުގެ ބޭފުޅުންގެ އަދަދު ހާހުން ގުނާލެވެއެވެ. ޙަސަބާއިނަޞަބު ސާބިތު ބޭފުޅުންނެވެ. އެކަމަކު ރަސްކަލެއްގެ ދަރިކަލެއް ނެތެވެ. ރަސްކަލުންނަށް ކާފަ ވިދާޅުވާ ބޭފުޅުން އެބަތިއްބެވިއެވެ. މިހާރު ދުނިޔޭގައި އިންނެވި ރަސްކަލެއްގެ އެންމެ ބޭފުޅެކެވެ. އަންހެން ބޭފުޅެކެވެ. އެއީ އަލްއަމީރާ ޒަރީނާ ނޫރައްދީނެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) (1759 - 1767) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ، އައްސުލްޠާނުލްޙާޖީ ޙަސަން ނޫރައްދީން 1 (1779 - 1799) ސިރީ ކުލަސުންދުރަ ބަވަނަ މަހާރަދުންގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން1 (1799 - 1835) ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 (މުސްކުޅި ބަންޑާރައިން) (1835 - 1882) ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ، އަލްއަމީރު ޙަސަން ޢިއްޒުއްދީން (މާންދޫގޭ ބޮޑުދޮށީ މަނިއްޕުޅު)ގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 2 (1886 - 1888) (ކުޑަބަންޑާރައިން) ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ، އައްސުލްޠާން ޙަސަން ނޫރައްދީން 2ވަނަ (1935 - 1943) ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ދަރިކަނބަލުން އަލްއަމީރާ ޒަރީނާ ނޫރައްދީނެވެ. މިއީ ރަސްކަމުގެ ޒަމާނެއް ނޫނެވެ. އެންމެން ހަމަހަމައެވެ. އެހެން ކަމުގައި ވިޔަސް، މިކަން ފާހަގަކޮށްލުމަކީ ނެތް ކަމެއް ނޫނެވެ. ކަމަކީ ތާރީޚީ ކަމެކެވެ

13%
48%
12%
10%
8%
10%