ކ. މާލެ
|
18 ޖޫން 2022 | ހޮނިހިރު 12:27
ކިޝެކް - މިއީ ފަލަސްތީނުގެ ތަރިކައިގެ ގޮތުގައި ބަލާ ކޭމެއް
ފަލަސްތީނުގެ ސަގާފީ ކެއުން ކިޝޭކް
ރަށްފުށުގެ ކޭމެއް، ސްމާޓްފޯނާއެކު ސުފުރާ މައްޗަށް!
ފަލަސްތީނުގެ ކިޝެކްއަކީ އޭގެ ރަހަ މީރުކަމަށް މަޝްހޫރު އެއްޗެއް
ކިޝޭކް ތައްޔާރު ކުރަނީ ގޮދަން ފުށާއި، ގެރިން ނަގާ ތާޒާ ކިރާއި، ލޮނާއި ރަތް މިރުސް ބޭނުންކޮށްގެން

ކެއިންބުއިމުގައި ބޭނުންކޮށް އުޅޭ ބާވަތްތަކަކީ ކޮންމެ ބައެއްގެވެސް ތާރީހާއި ޘަޤާފަތާ ގުޅިފައިވާ ބާވަތްތަކެކެވެ. އެކި ސަރަހައްދުތަކަށް ހާއްސަ އެކި ބާވަތްތައް ހުންނައިރު، އޭގެ ތެރެއިން ބައެއް ބާވަތްތައް މުޅިން ނެތި ގޮސްފައިވެސް އެބަހުއްޓެވެ. އަނެއްބައި ބާވަތްތަކަކީ، ކޮންމެވެސް ބައެއްގެ ބުރަ މަސައްކަތުން އަލުން އިޔާދަވެ، ކުރިލާ ފޯދި، ފެތުރިގެންދާ ބާވަތްތަކަކަށް ވެއެވެ. "ކިޝެކް" އަކީވެސް އެކަހަލަ އެއްޗެކެވެ.

ގޮދަން ފުށާއި، ތާޒާ ކިރުގެ އިތުރުން ލޮނާއި މިރުސް އަދި ސްމާޓް ފޯނެއް ބޭނުން ކޮށްގެން، ޣާލިއާ އަބޫ ސާދީ އެ ވަނީ، ޣައްޒާގެ ޘަޤާފީ ކޭމެއް ކަމަށް ވާ "ކިޝެކް" މާކެޓްކޮށް، ކުލަގަދަ އެނބުރި އައުމެއް، އެ ކޭމަށް ދީފައެވެ.

އަހަރަމެންގެ މާމަ-ކާފައާއި މައިންބަފައިންނާ ހިސާބުން ވާރުތަ ވެގެން އައި ތަރިކަ ހިމާޔަތް ކުރަން އަހަރެން ބޭނުންވީ. ފަލަސްތީނުގެ ކިޝެކްއަކީ އޭގެ ރަހަ މަޝްހޫރު އެއްޗެއް. އެއީ ފަލަސްތީނުގެ ތަރިކައެއް. އެހެންވެ، ގެއްލުނަ ނުދީ، އެ ތަރައްގީ ކުރަން އަހަރެން ބޭނުންވީ
ޣާލިއާ އަބޫ ސާދީ؛ ޣައްޒާގެ ފަލަސްތީނު ކައްކާއެއް

ޔަހޫދީ އިޒްރޭލުގެ އަޅުވެތިކަމުގައި ގައިދުވެފައި އޮތް ޣައްޒާގެ ރަށްފުށުގެ ހިސާބުތަކުގައި މީގެ ކުރިން ތައްޔާރު ކުރަމުން ދިޔަ "ކިޝެކް"، މިއަދު ޖާގަ ހޯދަމުން ދަނީ ސޯޝަލް މީޑިއާ ވިއުގާ ތެރެއިންލާފައި، ސިޓީތަކުގެ ސުފުރާ މަތިންނެވެ. ސިޓީ ނުވަތަ ރަށްފުށަށްވުރެ ހިސާބަކަށް ތަރައްގީވެފައިވާ އެ ސަރަހައްދުތަކުގެ ވަޒަންވެރިންނަކީ، ދިގު މަރުހަލާއެއް ކަޑައްތު ކޮށްގެން ތައްޔާރު ކުރާ ކިޝެކް ކެއުމަށް ކުރަން ޖެހޭ މަސައްކަތް ބުރަވެގެން އެ ކަން ދަސް ނުކޮށް، ދޫކޮށްލި ބައެއް ކަމަށްވެސް ބުނެވެއެވެ.

ކިޝެކް ތައްޔާރު ކުރަން މި ބޭނުން ވަނީ ވަރަށް އާދައިގެ އެއްޗިހި. މީ ވަރަށް ޒަމާންވީ އެއްޗަކަށް ވީމަ، އެއަށް ބަދަލު ގެންނާކަށް އަހަރެން ބޭނުމެއް ނޫން. އަބަދުވެސް ހަދާ ގޮތް އަހަރެންނަށް ކަމުދޭ... މިސާލަކަށް، ކިޝޭކް މި ތައްޔާރު ކުރަނީ ގޮދަން ފުށާއި، ގެރިން ނަގާ ތާޒާ ކިރާއި، ލޮނާއި ރަތް މިރުސް ބޭނުންކޮށްގެން
ޣާލިއާ އަބޫ ސާދީ؛ ޣައްޒާގެ ފަލަސްތީނު ކައްކާއެއް

ރޮށި ދަމަން ޖަހާ ފުށް ގުޅައެއްގެ ޒާތަށް ފުއްގަނޑު މޮޑެވެންދެން ގޮދަން ފުށާއި، ތާޒާ ކިރުގެ އިތުރުން ލޮނާއި މިރުސް އެއްކޮށް މޮޑެއެވެ. އަދި ދުވަސްތަކެއް ވަންދެން ފާމެންޓް ކުރަން ބާއްވައެވެ. އެއަށްފަހު އަނގަޔަށް ލެވޭ ވަރު ސައިޒަކަށް އެ ފުށްގަނޑު ބައިބައިކޮށް، ދެތިން ދުވަސް ވަންދެން ހިއްކަން ބަހައްޓަން ޖެހެއެވެ.

އަބޫ ސާދީ، އޭނާގެ ކިޝެކް މާކެޓް ކުރަން ފެށީ، އޭނާގެ ފޭސްބުކް ޕޭޖުގައެވެ. އަދި ލިބެމުން ދިޔަ ތަރުހީބުން އޭނާ އާޝޯޚް ކުރިވިއެވެ.

ކިޝެކްއަކީ ބާޒާރުތަކުގައި ވިއްކަން ހުރި އެއްޗެއް. އިންޓަނެޓް މެދުވެރިކޮށް ލިބޭ. އަހަރެންނަށް ބޮޑަށް ފައިދާ ވަނީ އިންޓަނެޓް މެދުވެރިކޮށް ކިޝެކް ވިއްކައިގެން. މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މިކަމަށް
ޣާލިއާ އަބޫ ސާދީ؛ ޣައްޒާގެ ފަލަސްތީނު ކައްކާއެއް

ފަލަސްތީނުގެ ތަރިކައިގެ ގޮތުގައި ބަލާ ކޭމެއް މިހާ ފަސޭހައިން ލިބެން ހުންނަ ކަމީ، މިއަދު ފަލަސްތީނުގެ ގިނަ ބަޔަކު އެކަމާ އިންތިހާ އުފާ ކުރާ ކަމެކެވެ. އަމިއްލަ އަތުން ތައްޔާރު ކުރާ ކިޝެކް، އެހެން މީހުންނަށް ހަދިޔާ ކުރުމަކީވެސް ލިބޭ އުފަލެކެވެ.

އަހަރަންގެ ތިމާގެ މީހަކު އުޅޭނެ ޖަރުމަނުގަ، އޭނާގެ 3 ފިރިހެން ދަރިންނާ އެކީގަ. އެއީ ކިޝެކްއަށް އޯޑަރު ޖެހި މީހެއް. އޭނާ މަރުވީމަ، މިހާރު އޭނާގެ ދަރިންވެސް ކިޝެކްއަށް އޯޑަރު ޖަހާ. އަހަރެމެން ޖަރުމަނަށްވެސް މި ޑެލިވާ ކޮށްދެން. ޙައްޖަށް ނޫނީ ޢުމްރާއަށް ނޫނީ އެނޫންވެސް ބޭނުމަކު ސައުދީއަށް ދަތުރު ކުރާ އިރު، އެތަނުގައި ދިރިއުޅޭ ތިމާގެ މީހުންނަށްވެސް ބައެއް މީހުން ކިޝެކް ގެންގޮސްދޭނެ
ސަލްވާ އަބޫ ނަސީރާ؛ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހެއް

ކިޝެކް އަކީ ދިގު މުއްދަތަކަށް ރައްކާ ކުރަން ފަސޭހަ، އަދި ސެލަޑް ފަދަ އިތުރު ކޭންތައް ތައްޔާރު ކުރުމުގައިވެސް ބޭނުން ކުރެވޭ ބާވަތެކެވެ.

- ކޮމެންޓް