ކ. މާލެ
|
24 މެއި 2022 | އަންގާރަ 13:38
ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މާލެއިން ކަރަންޓު ކެނޑުން
މައްސަލަ ޖެހުނު ކޭބަލް ރަނގަޅުކޮށް ދާއިމީ ހައްލެއް ގެންނަން ދެ ދުވަހެއް ވަރު ނަގާނެ: ޝަރީފް
ކޭބަލްއަށް ގެއްލުންވެފައިވަނީ މަގު ކޮނުމުގެ ތެރޭގައި ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ
ކާގޮށި ކައިރީގައި ހުރި ސަބް ސްޓޭޝަނާއި ހަމައަށް އިތުރު ކޭބަލްއެއް އެޅުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާތަކެއް ކުރަމުންދޭ
ކޭބަލް އެޅުމަށް ދެ ދުވަހެއްވަރު ނަގާނެކަމަށް ޝަރީފް ވިދާޅުވި

އަންގާރަ ދުވަހު މުޅި މާލެއިން ކަރަންޓު ގޮސްފައިވާއިރު، މައްސަލަ ޖެހުނު ކޭބަލް ރަނގަޅުކޮށް ދާއިމީ ހައްލެއް ގެންނަން ދެ ދުވަހެއް ވަރު ނަގާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، ކާގޮށި ކައިރީގައި ހުރި ސަބް ސްޓޭޝަނާއި ހަމައަށް އިތުރު ކޭބަލްއެއް އެޅުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

ކޭބަލް އެޅުމަށް ދެ ދުވަހެއްވަރު ނަގާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޭބަލްއަށް ގެއްލުންވެފައިވަނީ މަގު ކޮނުމުގެ ތެރޭގައި ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެންމެ ފުރަތަމަ ކަރަންޓު ދިޔައިރު، މައްސަލަ އުޅެނީ ކޮން ތަނެއްގައިކަން ކަށަވަރު ނުވާ ކަމަށާއި، މުޅި މާލެ ބްލެކްއައުޓަކަށް ދިޔައީ އެހެންވެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އޭރު ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެކި ފީޑަރަށް ކަރަންޓު ދެމުން ގޮސްފައިވާއިރު، ފީޑަރު 8 ފިޔަވައި ދެން ހުރި ހުރިހާ ފީޑަރަކަށް ކަރަންޓު ދިން ފަހުން މުޅި މާލެ ބްލެކްއައުޓަކަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު މައްސަލަ އުޅެނީ ކޮން ތަނެއްގައިކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، މި އުޅެނީ ކަރަންޓު ޖެނެރޭޓް ކުރާ މިންވަރުގެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކަރަންޓް ކެނޑެން މެދުވެރިވި ސީދާ ސަބަބު މިހާރު ވަނީ ދެނެގަނެވިފައެވެ. އެގޮތުން 8 ވަނަ ފީޑަރުގެ ސްވިޗް ގިޔަރުގެ މައްސަލައެއް ޖެހުނީކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިހާރު އެ މައްސަލަ ހައްލުކުރަމުންދާއިރު، އެ ސްވިޗް ގިޔަރުގެ ކޭބަލް އެހެން ގިޔަރަކާއި ގުޅުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް