Advertisement
ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 02:50
ކަލާފާން ހިނގުމުގައި ހުންނަ ގުދަނަކުން ނުބައި ވަސް ދުވާތީ އާމުން ކަންބޮޑުވުން ފާޅުކުރަނީ
ކަލާފާން ހިނގުމުގައި ހުންނަ ގުދަނަކުން ނުބައި ވަސް ދުވާތީ އާމުން ކަންބޮޑުވުން ފާޅުކުރަނީ
ރާއްޖެ އެމްވީ
ކެމިކަލް ވަސް
ކަލާފާނު ހިނގުމުގައި ހުރި ގުދަނަކުން ނުބައި ވަސް ދުވާތީ އާމުން ކަންބޮޑުވުން ފާޅުކުރަނީ
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން

ކަލާފާނު ހިނގުމުގައި ހުރި ގުދަނަކުން ނުބައި ވަސް ދުވާތީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

 

އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ދެމުން ބުނީ ކަލާފާނު ހިނގުމުގައި ހުންނަ ސަނޫރާމާގޭގައި ހުންނަ ގުދަ ނަކުން ނުބައި ވަސް ދުވާތީ އެގޭގެ ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ސަނޫރާމާގޭގެ ގުދަނުގައި ހުރީ ކެމިކަލް ކަމަށް އޭނާ ބުނެއެވެ.

 

ނުބައި ވަސް ދުވާތީ މާސްކުއަޅާއިގެން އެގޭ ކުރިމަތީގައި ކަންބޮޑުވުން ފާޅުކުރަމުންދާ މީހުން ބުނީ ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ ގުދަނުން ނުބައި ވަސް ދުވާ ކަމަށެވެ. އެކަމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަން އުނދަގޫވާތީ ފުލުހުންނާއި ހެލްތު މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށް އެމީހުން ބުންޏެއެވެ. އެހެންނަމަވެސް ހައްލެއް ނުލިބެއެވެ.

 

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އެސަރަހައްދުގައި ފުލުހުން ހަރަކާތެރިވަމުން އަންނަ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ޖޫން 2017 | އާދީއްތަ 00:03
ގުނބޯ
ސުކުރިއްޔާ ރައިިސް. ހަަދާ ހާދަ ހެޔޮފުޅޭ .