Advertisement
ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 01:58
ސަން ސިޔާމް
ސަން ސިޔާމް
ރާއްޖެ އެމްވީ
ސަން ސިޔާމް
ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!
އަހަރެމެން ކުޑަ އިރު އޮންނަނީ ބަނޑުގެ ތެރޭގައި
ނޭވާ ލަނީ ފެނުގެ ތެރޭގައި
ކަނީ ފެނުގެ ތެރޭގައި

ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި އޮތީ ތިމާވެއްޓާ ގުޅި ލާމެހިފައި ކަމަށް ވިދާޅުވެ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ސަން ސިޔާމް ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މި ވީޑިއޯގައި ސަން ސިޔާމް ވާހަކަފުޅު ދައްކަވަނީ އިނގިރޭސި ބަހުންނެވެ.

ސިޔާމްގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރި ކަމުގެ ކޮންސެޕްޓް ބިނާވެފައި އޮތީ "ނޭޗަރ" ނުވަތަ ގުދުރަތީ ވެށީގެ މައްޗަށް ކަން ފާހަގަ ކުރައްވާ މިސާލު ޖައްސަވަމުން އިންސާނުންނަކީ ގުދުރަތީ ވެއްޓާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށާއި، އެ ގޮތުން އިންސާނުން އެންމެ ކުޑައިރު ދިރިއޮންނަނީ މަންމަގެ ބަނޑުގައި ކަމަށާއި، ނޭވާލަނީ ފެނުގެ ތެރޭގައި ކަމަށާއި، އަދި ކަނީވެސް ފެނުގެ ތެރޭގައި ކަމަށާއި، އެހެން ކަމުން އަހަރެމެންނަކީ ފެނާ ވަރަށް ބޮޑަށް ގާތް ބައެއް ކަމަށް ސިޔާމް ވިދާޅުވެއެވެ.

 

"ވެން ޔޫ އާ ސުމޯލް ޔޫ ލިވް އިން އަ ސްޓޮމަކް، ޔުއަރ މަދަރ، ޔޫ އާ ބްރީދިންގ އަންޑަރ ވޯޓަރ، އެންޑް ޔޫ އާ އީޓިން އަންޑަރ ވޯޓަރ، ސޯ ވިޗް ވީ އާ ވެރީ ކްލޯސް ޓު ދަ ވޯޓަރ" ސިޔާމް ވިދާޅުވިއެވެ.

ސަން ސިޔާމްގެ ވާހަކަ ފުޅުގައި ފެނަކީ އިންސާނުންނަށް އުފަލާ ހިތްހަމަ ޖެހުން ގެނެސްދޭ އެއްޗެއް ކަންވެސް ފާހަގަ ކުރައްވައެވެ.

ވީޑިއޯ އަށް ބަލާއިރު މިއީ ކޮންމެވެސް ފަރާތަކަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރެއްވުމުގެ މަގްސަދުގައި ސިޔާމް ދެއްވި އިންޓަވިއުއެއް ނުވަތަ ބޭރު މީހަކާ ދެއްކެވި ވާހަކަ ފުޅެއް ކަމަށް ބެލެއެވެ. ނަމަވެސް މިއީ ކޮން އިރަކު ކޮން ފަރާތަކާ އޭނާ ދައްކަވާ ވާހަކަ އެއް ކަމެއް ވީޑިއޯ އަކުން ނޭގެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
10 ޖޫން 2017 | ހޮނިހިރު 01:27
ahmed
Sun siyaam reechenoo thivaahaka dhakaakah Ha. Manafaru hedhi iru kuni elhee konthaakah?thow?