ކ. މާލެ
|
9 ޖޫން 2017 | ހުކުރު 18:13
ޕްރަބާސް އާއި އަނުޝްކާ ޝެޓީ
ޕްރަބާސް އާއި އަނުޝްކާ ޝެޓީ
ގޫގުލް
ސާހޯ
"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ
 
ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާނެ
 
މި ފިލްމު ހިންދީ އަދި ތަމަޅަ ބަހަށް ޑަބްކުރާނެ
 
"ސާހޯ" އަކީ 150 ކުރޯޑް ރުޕީސް އަށް ހަދާ ފިލްމެއް

"ބާހްބަލީ" އިން މަޝްހޫރުކަމެއް ހޯދި ޕްރަބާސް ގެ އާފިލްމު "ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީކަން ޔަގީން ވެއްޖެއެވެ.

ތެގުލޫ  ފިލްމު "ސާހޯ" ގައި އަންހެން ބަތަލާއަކަށްވާނީ މީގެ ކުރިން އަޑުތައް ފެތުރިފައިވަނީ ޝްރައްދާ ކަޕޫރު ނުވަތަ ކެޓްރީނާ ކައިފް ކަމަށެވެ. އެހެން ނަމަވެސް ބޮލީވުޑް ލައިފްގައި  ބުނެފައި ވަނީ މިހާރު ޕްރަބާސްއާ އެކީ "ސޯހާ" އިން ފެންނާނީ އަނުޝްކާ ކަމަށެވެ. އަނުޝްކާ އާއި ޕްރަބާސްއަކީ ފިލްމު ސްކްރީނުގައި އެންމެ ކެމިސްޓްރީ ރަނގަލު ދެ ތަރިން ކަމަށް އެ ދެ މީހުންނަށް ސަޕޯޓުކުރާ ފަރާތްތަކުން އަބަދުވެސް ބުނެއެވެ. "ބާހްބަލީ 2" ގައި އެދެމީހުން ދައްކާފައިވާ އެކްޓަކީ އެ ފިލްމު ރިލީޒްވުމާއެކީ އެންމެ ދެކެވެމުން އައި އެއްވާހަކައެވެ.

"ސާހޯ" އަކީ 150 ކުރޯޑް ރުޕީސް އަށް ހަދާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މިމަހުގެ ތެރޭގައި ފަށާއިރު ލަންޑަންގައި ޗުއްޓީ ހޭދަކުރުމަށް ފަހު ޕްރަބާސް މިހާރު ވަނީ އިންޑިއާއަށް ގޮސްފައެވެ. "ސާހޯ" ގެ ޝޫޓިންގެ ބޮޑުބައެއް ޝޫޓް ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ. މި ފިލްމު ސްކްރީންތަކަށް އަންނަ އަހަރު އަންނަ އިރު މި ފިލްމު ވެސް ރިލީޒް ކުރާނީ "ބާހްބަލީ 2" ވެސް ރިލީޒް ކުރި ގޮތަށް ތަމަޅަ އަދި ހިންދީ ބަހަށް ޑަބް ކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް