ކ. މާލެ
|
3 މެއި 2022 | އަންގާރަ 11:20
ކަމަލާ ހެރިސް
ކަމަލާ ހެރިސް
އޭޕީ
އެމެރިކާގެ ނައިބު ރައީސް
ކޮވިޑުން ރަނގަޅުވެ ކަމަލާ އެނބުރި މަސައްކަތަށް
ކަމާލާ ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު
މިހާރު ހާލުކޮޅު ރަނގަޅު

އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ކޮވިޑް19 އިން ރަނގަޅުވެ އެނބުރި މަސައްކަތަށް ނުކުމެވަޑައިގެންފައިވާ ކަމަށް އެ ކަމަނާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ކަމަލާ ހެރިސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުގައެވެ. އެކަމަނާ އެންމެ ފަހުން ހެދި ޓެސްޓުގެ ނަތީޖާ ރަނގަޅު ވެފައިވާއިރު އަނބުރާ މަސައްކަތަށް ނުކުމެވަޑައިގަތީ ހޯމަ ދުވަހުއެވެ.

އެކަމަނާގެ ފިރިކަލުން ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކަމަލާގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ.

ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ވަޒީފާއަށް އެނބުރި ނުކުމެވަޑައިގެންނެވި ނަމަވެސް 10 ދުވަސް ވަންދެން އުޅުއްވާނީ މާސްކު އަޅުއްވައިގެން ކަމަށް އެކަމަނާގެ ތަރުޖަމާނު ކްރިސްޓެން އެލެން ވިދާޅުވިއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ގައިޑްލައިނުގައިވާ ގޮތުން ޕޮޒިޓިވް ވާ މީހުންނަށް ފަހުން ނެގެޓިވް ނަތީޖާއެއް ލިބުނު ނަމަވެސް 10 ދުވަސް ވަންދެން އާއްމުންގެ ތެރެއަށް ނުކުމެ އުޅެން ޖެހޭނީ މާސްކު އަޅައިގެންނެވެ.

ކަމަލާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމެރިކާގެ ސެނެޓުގެ ބައެއް މަސައްކަތްތައް ވެސް ވަނީ މަޑުޖެހިފައެވެ. އެކަމަނާގެ އިތުރުން ސެނެޓުގެ ޑެމޮކްރެޓިކް ތިން ސެނެޓް މެމްބަރުން ވެސް ވަނީ ދާދިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް