ކ. މާލެ
|
7 ޖޫން 2017 | ބުދަ 23:31
ތަގްސް އޮފް ހިންދުސްތާންގެ ޝޫޓިން އަށް ދިއުމަށް އަމީތާބު ފްލައިޓަށް އަރަނީ
ތަގްސް އޮފް ހިންދުސްތާންގެ ޝޫޓިން އަށް ދިއުމަށް އަމީތާބު ފްލައިޓަށް އަރަނީ
ހިންދުސްތާނީ ޓައިމްސް
ތަގްސް އޮފް ހިންދުސްތާން
"ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިންއަށް އަމީތާބް މޯލްޓާއަށް
 
މޯލްޓާއަށް އަމީތާބް ފުރާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައި

ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާއަށް އަމީތާބް ބައްޗަން "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިން އަށް ގޮސްފިއެވެ. މޯލްޓާއަށް އަމީތާބް ފުރާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ.

އަމީތާބު ވަނީ އޭނާ މޯލްޓާއަށް ގޮސްނަގާފައިވާ ފޮޓޯތައްވެސް ސޯޝަލްމީޑިއާ މެދުވެރިކޮށް ލާފައެވެ.

އަމީތާބް "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިންއަށް ގޮސްފައިވާއިރު ދެން މިފިލްމުން ފެނިގެންދާ އާމިރު ވަނީ މާ ކުރިން މޯލްޓާ އަށް ގޮސްފަ އެވެ. އާމިރުޚާނާއި އަމީތާބުގެ ޝޫޓިން ފަށާނެކަމަށް ބުނާއިރު ކެޓްރީނާ އާއި ފާތިމާ ޝޫޓިން ފަށާނެ ވަކި ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ު ކެޓްރީނާ އާއި ފާތިމާވެސް ތިބީ މޯލްޓާގައި ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި "ޑަންގާލް" އިން ބޮލީވުޑަށް ތައާރަފުވި ފާތިމާ ސަނާ ޝައިހް އެވެ.

މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ވެސް ވިޖޭ ކްރިޝްނާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތްޔާ ޗޮޕްރާއެވެ.

ޚަބަރުތައް ބުނާގޮތުގައި "ތަގްސް އޮފް ހިންދުސްތާން" ގެ ބޮޑުބައެއް މޯލްޓާގައި ޝޫޓް ކުރާނެއެވެ. އާމިރު މީގެ ކުރިން ބުނެފައިވަނީ އަމީތާބާ އެކު ފުރަތަމަ ފަހަރަށް ފިލްމަކުން އެކްޓު ކުރުމަށް ލިބުމުން ވަރަށް އުފާވެފައި ހުރިކަމަށާއި އަމީތާބަކީ އޭނާގެ ވަރަށްބޮޑު ފޭނެއް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް