Advertisement
ކ. މާލެ
|
24 މާރޗް 2022 | ބުރާސްފަތި 07:21
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ރާއްޖެއެމްވީ
ރޯދަ އިނާޔަތް ހަމައަށް ދިނުން
ގާނޫނުގައި ބުނާ އަދަދަށް ރޯދަ އިނާޔަތް ދިނުމަށް ހަނދާންކޮށްދީފި
ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް މާރޗް މަހުގެ 28 ވާ ހޯމަ ދުވަހު ދިނުމަށް އޮފީސްތަކަށް އަންގާފައި
ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިންހާސް ރުފިޔާ ދޭންވާނެ
ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިޚްތިޔާރު ލިބިގެންވާކަމެއް

ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން ތިން ހާސް ރުފިޔާ ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހަނދާންކޮށްދީފިއެވެ.

އެއޮތޯރިޓީން ބުނީ ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެޢިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާކަމުގައެވެ. އެހެންކަމުން ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް، ވަޒީފާއާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ހަނދާންކޮށްދޭކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތު ފައިސާ މުވައްޒަފުންނަށް މާރޗް މަހުގެ 28 ވާ ހޯމަ ދުވަހު ދިނުމަށް އޮފީސްތަކަށް އަންގާފައެވެ.

Advertisement

ވަޒީފާއާއި ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިންހާސް ރުފިޔާ ދޭންވާނެކަމަށެވެ. އެމާއްދާގެ ނ ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތަށް އިޚްތިޔާރު ލިބިގެންވާ ކަމެއްކަމަށެވެ. މި އިޚްތިޔާރުގެ ދަށުން ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މި މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުގެ މަތިންނެވެ.

ގާނޫނުގައި މިހެން ބަޔާންކޮށްފައިވީ ނަމަވެސް ރޯދަ މަހުގެ އިނާޔާތް ނުދިނުމާއި ޤާނޫނުގައި ބުނެފައިވާ އަދަދަށް ނުދިނުމުގެ ޝަކުވާތައް ކޮންމެ އަހަރަކުވެސް ފެންމަތިވެއެވެ. އަދި އެފަދަ މައްސަލަތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް