ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 22:46
އެގްޒިބިޝަނެއްގައި ބައިވެރިކޮށްފައިވާ ރޮބޮޓިކް ފުލުހަކާ މީހާކު މުއާމަލާތް ކުރަނީ
އެގްޒިބިޝަނެއްގައި ބައިވެރިކޮށްފައިވާ ރޮބޮޓިކް ފުލުހަކާ މީހާކު މުއާމަލާތް ކުރަނީ
ރޮއިޓަރސް
ރޮބޮޓިކް ފުލުހުން
ޑުބާއީގެ ފުލުހުންގެ ޚިދުމަތައް ރަސްމީ ކޮށް ރޮބޮޓިކް ފުލުހެއް ނުކުމެއްޖެ
 
ޑުބާއީން ނިންމާފައިވަނީ 2030ގެ ނިޔަލަށް ފުލުހުންގެ އާބާދީގެ 25 އިން ސައްތަ ރޮބޮޓުންނަށް ހެދުމަށް

ޑުބާއީގެ ފުލުހުންގެ ޚިދުމަތައް ރަސްމީ ކޮށް ރޮބޮޓިކް ފުލުހެއް ނުކުމެއްޖެއެވެ.

"ރޮބޮކޮޕް" ގެ ނަމުން އާއްމުވެފައިވާ ފުލުސް ރޮބަޓްގެ މަސައްކަތަކަށް ވާނީ ކުށްކުރާ މީހުން އަތުލައި ގަތުމާއި، ކުށުގެ ވެށިން ހެކި ހޯދުމާއި، އަދި ބިޒީ ސަރަހައްދުތައް ޕެޓްރޯލް ކުރުމުގައިވެސް ރޮބޮޓުން ބައިވެރިވާނެއެވެ.

އަޖުމަ ބެލުމުގެ ގޮތުން މަސައްކަތައް ނެރުނު ރޮބަޓް ފުލުސް މީހާގެ ނަތީޖާ ކާމިޔާބު ނަމަ، ޑުބާއީން ނިންމާފައިވަނީ 2030 ގެ ނިޔަލަށް ޑުބާއީ ފުލުހުންގެ 25 އިން ސައްތަ ރޮބަޓުންގެ ގޮތުގައި ހެދުމަށެވެ.

މީހެއްގެ އިސްކޮޅު ހުންނަ ރޮބޮޓިކް ފުލުހުންނަކީ މީހުންނާ ސަލާމް ކުރާ އަދި ސެލިއުޓް ނަގަންވެސް އެނގޭ ބައެކެވެ. ތިބެނީ ޑުބާއީ ފުލުހުންގެ ޔުނިފޯމުގައެވެ.

މިފަދަ ރޮބޮޓިކް ފުލުހުންގެ ފައިދާތަކަށް ބަލާއިރު، ބަލިވުމެއް ކާންބޯން ދާންޖެހުމެއް ސްކޫލް ދޮށަށް ދާން ވަގުތު ބޭނުން ވުމެއް ނޯންނާނެއެވެ. 24 ގަޑީއިރު އަހަރުގެ ކޮންމެ ދުވަހެއްގައި މަސައްކަތް ކުރަން ޖެހުނަސް މައްސަލައެއް ނުޖައްސާނެއެވެ.

އާއްމުންނާ ވާހަކަ ދައްކާ ފުލުސް ރޮބޮޓުން މެދުވެރިކޮށް ކުށާބެހޭ މައްސަލަތައް ރިޕޯޓުވެސް ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް