ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 11:16
އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު
އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު
ބީބީސީ
ސޫކީގެ މައްޗަށް ހިންގޭ ޝަރީއަތް
ޤަވާއިދާ ޚިލާފަށް ވޯކީޓޯކީތަކެއް ގެންގުޅުއްވި މައްސަލަވެސް ސޫކީގެ މައްޗަށް ސާބިތުވެ، އިތުރު ހުކުމެއް
މިހާރުވެސް މަދުވެގެން 100 އަހަރުގެ ޖަލު ހުކުމް އަންނާނެވަރުގެ ދައުވާތައް ވަނީ އުފުލާފައި
އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށްވެސް އިންކާރު ކުރައްވާފައި

ޤަވާއިދާ ޚިލާފަށް ވޯކީޓޯކީތަކެއް ގެންގުޅުނު މައްސަލައިގައި މިޔަންމާގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް 4 އަހަރުގެ ޖަލު ޙުކުމެއް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ކޯޓަކުން އިއްވައިފިއެވެ.

ސޫކީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައި ޝަރީއަތް ހިންގަމުންގެންދާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ އޭނާގެ މައްޗަށް ވަނީ 4 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އޭގެ ތެރޭގައި އަދި އިތުރު ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް އާދިއްތަ ދުވަހުވެސް ވަނީ އޭނާގެ މައްޗަށް އިތުރު 4 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ވޯކީޓޯކީތަކެއް ގެންގުޅުއްވުމާއި، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވިކަމުގެ ކުށް މިފަހަރު ވަނީ ސާބިތުވެ ކޮންމެ ކުށަކަށް 2 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން މިހާރުވެސް މަދުވެގެން 100 އަހަރުގެ ޖަލު ޙުކުމް އަންނާނެވަރުގެ ދައުވާތައް ސޫކީގެ މައްޗަށް އުފުލައި ޝަރީއަތްތައް ކުރިއަށްދެއެވެ. އެހެންނަމަވެސް، އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށްވެސް އިންކާރު ކުރައްވާފައެވެ.

ސޫކީގެ އިތުރުންވެސް އެ ޤައުމުގެ 15 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ. ސޫކީ ހައްޔަރުކުރުމާއި ގުޅިގެން މިޔަންމާގައި ހޫނު މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް