Advertisement
ކ. މާލެ
|
30 މެއި 2017 | އަންގާރަ 17:28
އެޑިއުކޭޝަން މިނިސްޓްރީގެ ވައިބާ ގުރޫޕް
އެޑިއުކޭޝަން މިނިސްޓްރީގެ ވައިބާ ގުރޫޕް
ރާއްޖެއެމްވީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕް އުވާލި ސަބަބެއް ހާމައެއް ނުކުރޭ
ދެން މުއާމަލާތްކުރާނީ އީމެއިލް މެދުވެރިކޮށް
ވައިބާ ގްރޫޕް އުވާލާފައި މިވަނީ ޓީޗަރަކާ ގުޅޭ ގޮތުން ވައިބާ ގުރޫޕްގައި ސުވާލުތައް އުފައްދާފައި ވަނިކޮށް

އެޑިއުކޭޝަން މިނިސްޓްރީގެ "މީޑިއާ ވައިބާ ގުރޫޕް" އިން ހުރިހާ މީޑިއާތަކެއް ބޭރުކޮށްލައިފިއެވެ.

އެޑިއއުކޭޝަން މިނިސްޓްރީން މީޑިއާތަކާ މުޢާމަލާތް ކުރުމަށް އުފައްދާފައުވާ އެ މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން ހުރިހާ މީޑިއާތައް ބޭރުކޮށްލި ސަބަބާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން އެޑިއއުކޭޝަން މިނިސްޓްރީގެ މީޑިއާ އިފިޝަލް ވިދާޅުވީ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށްލީ ނޫން ކަމަށާއި ވައިބާ ގުރޕް އުވާލީ ކަމަށެވެ.

ކުއްލިގޮތަކަށް ވައިބާ ގުރޫޕް އުވާލި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވައިބާ ޕްލެޓްފޯމް ބޭނުން ކުރުން ހުއްޓާލިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ މިނިސްޓްރީން މީޑިއާތަކާ މުޢާމަލާތް ކުރުމަށް ބޭނުން ކުރާނީ އީމެއިލް ކަމަށާއި މީޑިއާތަކަށް އަންގާ އެންގުންތައް ހުރިހާ މީޑިއާތަކަށް އެއްފަހަރާ މެސެޖް ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން ހުރިހާ މީޑިއާތައް ބޭރުކޮށް ވައިބާ ގުރޫޕް އުވާލާފައި މިވަނީ ގއ. ދާންދޫ ޓީޗަރަކު ބަދައަހުލާގީ މައްސަލައެއްގައި ހައްޔަރު ކުރުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ވައިބާ ގުރޫޕްގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކޮށްފައި ވަނިކޮށެވެ.

އެގޮތުން ޓީޗަރުގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ސިއްރު ކުރަނީ ކަމަށް ނޫސްވެރިން ސުވާލު އުފެއްދިއެވެ. ނަމަވެސް މިނިސްޓްރީގެ އެއްވެސް އިސް ބޭފުޅެއް ވައިބާ ގުރޫޕްގައި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ރަސްމީކޮށް ގުޅުމުން ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް