ކ. މާލެ
|
30 މެއި 2017 | އަންގާރަ 08:29
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ
މުހައްމަދު ޝަރުހާން
ނޫސްވެރިންނަން ހުކުމް ކުރުން
ތިން މަހަށް ފަހު ފިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު
ފިޔާޒުގެ މައްޗަށް ކުރަނީ އަތްލުމުގެ ދައުވާ
ހަތް ހެކިން ހުށަހެޅި އިރު ކޯޓުން ބަލައިގަތީ ތިން ހެކިން
ބުދަ ދުވަހު އޮންނާނީ ހުލާސާ ބަޔާން އިއްވުން

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބުދަ ދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފިއެވެ.

 

ކްރިމިނަލް ކޯޓުން ފިޔާޒުއަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ ބުދަ  ދުވަހު  11:00 އަށް އެކޯޓުގައި ފިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވާލްކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން ފިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ ފެބްރުއަރީ 2 ގަ އެވެ. 

ފިޔާޒުގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީ ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށް ފިޔާޒު ބުނެ އެވެ.

 

ފިޔާޒުގެ މައްޗަށް ކޮށްފައިވާ ފުލުހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާއަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

 

ފިޔާޒުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ހެކި ބަސް ވަނީ ނަގާ ނިންމާލާފައެވެ. ދައުވާ އިން ދިފާއުވުމަށް ހުށަހަޅާފައިވާ ހަތް ހެކިންގެ ތެރެއިން ތިން ހެކިންގެ ހެކި ބަސް އެ ދުވަހު ނަގާފައިވާއިރު، ބާކީ ހަތަރު ހެކިންގެ ހެކި ބަސް ނުނެގުމަށް ފަނޑިޔާރު ވަނީ ނިންމާފަ އެވެ.

 

ފިޔާޒުގެ ދިފާއީ ހެކީންގެ ގޮތުގައި ހެކި ބަސް ދިނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފިޔާޒުއާއެކު ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލި ނާސިރުގެ އިތުރުން މުރުޝިދު އަބްދުލްހަކީމް އެވެ. އެ ތިން މީހުން ވެސް ހެކި ބަސް ދީފައިވަނީ ފުލުހެއްގެ ގައިގައި ފިޔާޒް ނުޖަހާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަހަދާފައި ވެސް ނުވާ ކަމަށް އެ ތިން މީހުން ވަނީ  ބުނެފަ އެވެ. 

 

ފިޔާޒުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ބަސް ދިނީ ތިން ފުލުހުންނެވެ. އެ ތިން ފުލުހުންނަކީ ވިސާމާއި ލީވާނުގެ މައްޗަށް ހިންގި ޝަރީއަތުގައި ވެސް ހެކި ބަސް ދިން ތިން ފުލުހުންނެވެ.

 

ބުދަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވުމެވެ. 

- ކޮމެންޓް