Advertisement
ކ. މާލެ
|
29 މެއި 2017 | ހޯމަ 19:13
ޝެއިހް އަލީ ޒައިދު
ޝެއިހް އަލީ ޒައިދު
ފޭސްބުކް
ޜޯދަ ނުހިފާކަމަށްބުނާ މައްސަލަ
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
ޝެއިހް ޒައިދު އެގޮތަށް ވިދާޅުވީ އިތުބާރު ކުރެވޭ ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވޭ
ޒައިދުއަށް ނަސޭހަތް ދިނުމަށްފަހު އިތުރު ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނެތް
ޒައިދު އެގޮތަށް ވިދާޅުވީ މި ރޯދަ މަހުގެ ފުރަތަމަ ދުވަހު، ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސެއްގައި

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވި ޝެއިހް އަލީ ޒައިދުއަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތް ދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ހޯމަ ދުވަހު ވިދާޅުވީ ޝެއިހް ޒައިދު އެގޮތަށް ވިދާޅުވުމާ ގުޅިގެން އޭނާއަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތް ދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

ޝެއިހް ޒައިދުގެ އެވާހަކައާ ގުޅިގެން އެކަން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ޒައިދު ވިދާޅުވެފައިވާ ގޮތުން އޭނާއަށް އެމައުލޫމާތު ދެއްވީ ދޮގު ނުހަދާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ފަރާތަކުން ކަމަށެވެ.

އެމައުލޫމާތުގެ މައްޗަށް ބިނާކޮށް، މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވިޔަފާރިވެރިންގެ މިސްކިތުގައި އޮތް ދަރުސެއްގައި ޝެއިހް ޒައިދު ވިދާޅުވެފައި ވަނީ އެރަށުގެ ހުރިހާ އުމުރުފުރައެއް ހިމެނޭ ގޮތަށް އެރަށުގެ އާބާދީގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށެވެ. އަދި އާއްމު އެހެންމަސްމަސް ފަދައިން ކައްކާ ކައިބޮއިހަދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ޝެއިހް ޒައިދު ވިދާޅުވެފައިވެއެވެ. އެއީ މީގެ އެތަކެއް އަހަރެއްގެ ކުރިން ހިނގަމުން އަންނަ ކަމެއް ކަމަށް ވެސް ޝެއިހް ޒައިދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 މެއި 2017 | ބުދަ 09:55
މާކުންބޭ
ދެން މިމީހުން ހަވާލާދީ ބުނާ ހަދީސް ކިހިނެއް ގަބޫލު ކުރާނީ