Advertisement
ކ. މާލެ
|
29 މެއި 2017 | ހޯމަ 18:14
އަޒްރާ ނަސީމް
އަޒްރާ ނަސީމް
ފޭސްބުކް
ފުލުހުން
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަޒްރާ ނަސީމް ހޯދަނީ
އަޒްރާ ހޯދަނީ ފުލުހުން ތަހުގީގު ކުރަމުންދާ ކޮން މައްސަލައެއްގައި ކަމެއް ހާމައެއް ނުކުރޭ
ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ދީފައި ވަނީ 14 ދުވަހުގެ މުއްދަތެއް

މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުންދާ މަސައްލައަކާ ގުޅިގެން  އަޒްރާ ނަސީމް ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކ މާލެ ހ. ސެލްޥޭޝަން (45 އަހަރު) އަކީ ފުލުހުންގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހެއް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަޒްރާ ނަސީމް ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ އަޒްރާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރެވޭ ތުހުމަތުތަކަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 29 ވަނަ ދުވަގުން ފެށިގެން 14 ދުވަސް ތެރޭގައި މޯލްޑިވްސް ޕޮލިސް އަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އަޒްރާ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި ފުލުހުންގެ އިދާރާ އަށް ހާޒިރު ނުވެއްޖެނަމަ އަޒްރާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް އަޒްރާގެ ޣައިރު ހާޒިރުގައި ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިޔުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

 އަޒްރާ ނަސީމް ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާއިރު އޭނާ ހޯދަނީ ފުލުހުން ތަހުގީގު ކުރަމުންދާ ކޮން މައްސަލައެއްގައި ކަމެއް ހާމައެއް ނުކުރެއެވެ.

 "ދިވެހި ސިޓީ"ގެ ނަމުގައި އިނގިރޭސި ބަހުން އަޒުރާ ނަސީމް ބްލޮގެއް ހިންގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 މެއި 2017 | ހޯމަ 21:56
ފަޓާސް
ބްލޮގް ލިޔާ ކޮންމެ މީހަކީ ކުއްވެރިއެއްތަ؟؟؟ ބްލޮގާ މިލިޔުމާ އޮތީ ކޮންގުޅުމެއް އެކަން އެންމެ ފަހު ފޮޅުވަތުގަ ފާހަގަ ކުރަން