Advertisement
ކ. މާލެ
|
29 މެއި 2017 | ހޯމަ 16:16
އެންޓި-ކޮރަޕްޝަން ކޮމިޝަން
އެންޓި-ކޮރަޕްޝަން ކޮމިޝަން
ރާއްޖެ އެމްވީ
އޭސީސީގެ ތަފާސްހިސާބު
އޭސީސީން މިއަހަރު ވެސް ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދާދިނުމުގެ މައްސަލަތައް!
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދާދިނުމުގެ 185 މައްސަލަ ނިންމާފައިވޭ
މިދިޔަ އަހަރު 108 މައްސަލަ ނިންމާފައިވޭ
މިއަހަރު ގަވާއިދާ ހިލާފުވުމުގެ 59 މައްސަލައެއް ނިންމާފައިވޭ

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 185 މައްސަލައެއް ބަލާ ނިންމާފައި ވެއެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 108 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އޭސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައި ވަނީ ގަވާއިދާ ހިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ހިލާފުވުމުގެ 59 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައި ވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 45 މައްސަލައެއް ނިންމާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ އަށް މައްސަލައަކާއި، ދޮގު މައުލޫމާތު ދިނުމުގެ ދެ މައްސަލައަކާއި އަދި ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ މައްސަލައެއްވެސް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް