ކ. މާލެ
|
29 މެއި 2017 | ހޯމަ 08:17
މަރުވި މީހުންގެ އަދަދު 151 އަށް އަރާފައިވާއިރު ވާރޭ ހުއްޓިފައި ނުވާތީ ބިންގަޑު ކަނޑައިގެން ދިއުމުގެ އިތުރު ހާދިސާތައް ދިމާވެދާނެކަމަށް އޮފިޝަލުން ވިދަޅުވޭ
މަރުވި މީހުންގެ އަދަދު 151 އަށް އަރާފައިވާއިރު ވާރޭ ހުއްޓިފައި ނުވާތީ ބިންގަޑު ކަނޑައިގެން ދިއުމުގެ އިތުރު ހާދިސާތައް ދިމާވެދާނެކަމަށް އޮފިޝަލުން ވިދަޅުވޭ
ދަ ސަން
ލަންކާގައި ފެންބޮޮޑުވުން
ލަންކާގެ އިތުރު ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ އިންޒާރުދީފި
 
ޑިޒާސްޓަރ މެނޭޖްމަންޓުން ބުނި ގޮތުގައި 112 މީހަކުވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް

ސްރީލަންކާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 151 އަށް އަރާފައިވާއިރު ވާރޭ ހުއްޓިފައި ނުވާތީ ބިންގަޑު ކަނޑައިގެން ދިއުމުގެ އިތުރު ހާދިސާތައް ދިމާވެދާނެކަމަށް އޮފިޝަލުން އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓުން ބުނި ގޮތުގައި  112 މީހަކުވަނީ ވީނުވީއެއް ނޭނގިފައެވެ.

ދައުލަތުން ހިންގާ ނޭޝަނަލް ބިލްޑިންގ ރިސަރޗް އޯގަނައިޒޭޝަނުން ވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ހުއްޓުމެއްނެތި ވާރޭވެހެފިނަމަ އެ ގައުމުގެ 25 ޑިސްޓްރިކްޓްގެ ތެރެއިން ހަތް ޑިސްޓްރިކްޓެއްގެ އުސް ހިސާބުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާންޖެހޭނެކަމުގެ އިންޒާރުދީފައެވެ.

ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީއިން ބުނީ ކުރިޔަށް އޮތް 36 ގަޑިއިރު ސްރީލާންކާގެ މެދުތެރޭގެ ސަރަހައްދުތަކަށް 100 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

ޑިޒާސްޓަރ މެނޭޖް މަންޓުން ބުނީ މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި 95 މީހަކު ޒަޚަމްވެފައިވާކަމަށެވެ.

ފެންބޮޑުވުމާއި ބިންގަޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސަތަކުގެ އަސަރު 114،124 އާއިލާއަކުން ޖުމްލަ 442،299 މީހަކަށް ކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ.

މިއީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު އެ ގައުމަށްދިމާވި އެންމެ ގެއްލުން ބޮޑު ހާދިސާއެވެ.

ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 100،000 އަށްވުރެ މައްޗަށް އަރާފައެވެ.

ވެރިރަށް ކޮލަމްބޯއާ 74 ކިލޯމީޓަރު ދުރުން އޮންނަ އަގަލަވައްޓޭގެ ރައްޔިތުން ބުނީ އަވަސްގޮތެއްގައި ފެންގަޑު ހިނދިދާނެ ކަމަށް އުއްމީދު ގެއްލެމުންދާކަމަށެވެ.

"އަހަރުމެންގެ އަވަށަށް ވަދެވޭނެ ހުރިހާމަގެއްވަނީ ބަންދުވެފައި.ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ ރަށުތެރޭގައި އަދި އެތައް ގެއެއްވަނީ ވަޅުލެވުފައި. އެކަމަކު އެކަކަށްވެސް އެތާކަށް ނުވެއް ދެވޭނެ"އަގަލަވައްޓޭގައި ހުރި މުހައްމދު އަބުދުﷲ، 46 ރޮއިޓާސްއަށް ބުންޏެވެ. އައްސޭރިފަށުގެ ކަލުޓަރާ ޑިސްޓްރިކްޓުގެ އަގަލަވައްޓޭ ޓައުން އިން 47މީހުން މަރުވެ 62 މީހުންވަނީ ވީނުވީއެއް ނޭނގިއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް