Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 19:20
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑުގެ ފޭބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ
ދަ ސަން
ލަންކާ- ރާއްޖެ
ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
2003 ގެ ފަހުން އެންމެ ގެއްލުން ބޮޑު ވިއްސާރަ
މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މަތީގައި
އެތައް ބަޔަކު ގެއްލި، ބައިމިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި

ސްރީލަންކާގައި ފެން ބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި މުދަލަށާއި ގެދޮރަށް ގެއްލުން ލިބުމާއި ގުޅިގެން އެކަމުގައި ހިތާމައިގައި އެގައުމުގެ ރައީސާއި ބޮޑުވަޒީރަށް، ރައީސް އަބްދުﷲ ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށާއި، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ލަންކާގައި ހިނގި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ލަންކާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކޮލަމްބޯގެ ދެކުނުން އޮންނަ ކަލުތަރަ ޑިސްޓްރިކްޓަށެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން ލަންކާ އަށް ކުރާ އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ. އެ ފަހަރުގެ ވިއްސާރައިގައި 10،000 ގެ ހަލާކުވެ 250 މީހުން ވަނީ މަރުވެފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް