Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 16:46
ޒަކާތް ދައްކަނީ
ޒަކާތް ދައްކަނީ
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ފިތުރު ޒަކާތް ބަލާއިފަތުން ފަށައިފި
ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށްދަނީ އިސްލާމީ މަރުކަޒު ހޯލުގައި
ޒަކާތް ބަލައިގަތުން ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ކުރިއަށްދާނެ
މިދިޔަ އަހަރު މާލެއިން ޒަކާތުގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބިފައިވޭ

ފިތުރުޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީގައި ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 28 މެއި ވާ އާދިއްތަ ދުވަހުން ފެށިގެން 21 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށް ފިތުރު ޒަކާތް ބަލައިގަތުން އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށްދަނީ އިސްލާމީ މަރުކަޒު ހޯލުގަ އެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަންއާއި، ވިލިމާލެއާއި، އައްޑޫސިޓީ ކައުންސިލްއާއި، ރަށްރަށުގެ ރަށުކައުންސިލުން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އުރީދޫ އާއި ދިރާގައި، އެލައިޑް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.

ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް