ކ. މާލެ
|
28 މެއި 2017 | އާދީއްތަ 13:50
އަރުޖުން ކަޕޫރު
އަރުޖުން ކަޕޫރު
ގޫގުލް
ހާފް ގާލް ފްރެންޑް
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު
މިހާތަނަށް ވަނީ 48.50  ކުރޯޑް ރުޕީސް ލިބިފައި
މި ފިލްމަށް ވަނީ މިހާރު ފިލްމު ހެދުމަށް ހޭދަވި ޚަރަދު ލިބިފައި

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް ކަމަށާއި ކްރިޓިކުންނަށް ނޫން ކަމަށް "ހާފްގާލްފްރެންޑް" ގެ އެކްޓަރ އަރުޖުންކަޕޫރު ބުނެފިއެވެ.

މިދިޔަ ހަފްތާގައި ނިކުތް "ހާފްގާލްފްރެންޑް"އަށް ކްރިޓިކުންނަށް ފާޑުކިޔާފައިވާތީ އަރުޖުން ވަނީ އެކަމަށް ވަރަށް ނުރުހުންވެ ރައްދު ދީފައެވެ. އަރުޖުން ބުނެފައިވަނީ "ހާފްގާލްފްރެންޑް" އޭގެ ގޮތުގައި އޯޑިއެންސް ބަލައިގެންފިކަމަށެވެ.

ކްރިޓިކުންގެ ތެރޭގައި ކޮންމެ މީހަކުވެސް ފާޑުކިޔަނީ އެމީހަކަށް ފެންނަ ގޮތަކަށް ކަމަށާއި އޭނާ އެދެނީ އޯޑިއެންސް "ހާފްގާލްފްރެންޑް" ބެލި ގޮތަށް ކްރިޓިކުންވެސް އެ ބެލުމަށްފަހު ވަކިކޮޅަކަށް ބުރަނުވެ ފާޑުކިޔުމަށްކަމަށް އަރުޖުން ބުންޏެވެ.

އަރުޖުން ބުނީ އޭނާ ގަބޫލުކުރާގޮތުގައި އޯޑިއެންސަކީ ފިލްމެއް ކުރިއަރައިގެން ދިއުމުގައި އެންމެ މުހިއްމު ރޯލްއަދާކުރާ ބަޔަކަށް ކަމަށްވާއިރު މަދު ކްރިޓިކުން ކިޔާ އެއްޗަކީ މުހިއްމު އެއްޗެއްކަމަށް ގަބޫލު ނުކުރާކަމަށެވެ.

އޭނާ ބުނީ "ހާފްގާލްފްރެންޑް" ބޮކްސްއޮފީހުގައި ކުރިއަރަމުންދާތީ އުފާކުރާކަމަށެވެ."ހާފްގާލްފްރެންޑް" އަށް މިހާތަނަށް ވަނީ 48:50  ކުރޯޑް ރުޕީސް ލިބިފައެވެ.

"ހާފް ގާލްފްރެންޑް" ގެ ބަޖެޓަކީ ގާތްގަނޑަކަށް 50 ކްރޯޑު ރުޕީސްއެވެ. ފިލްމު ރިލިޒްކުރުމުގެ ކުރިން މިއުޒިކް، ސެޓެލައިޓް، ޑިޖިޓަލް އަދި އޯވަސީޒް ރައިޓްސް ވިއްކާލައިގެން 36 ކްރޯޑު ވަނީ ހޯދާފައެވެ. އެހެން ކަމުން މި ފިލްމަށް ވަނީ މިހާރު ފިލްމު ހެދުމަށް ހޭދަވި ޚަރަދު ލިބިފައެވެ.

އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ހާފް ގާލްފްރެންޑް" އަކީ ފުރާވަރު ދެކުދިންގެ ތެރޭގައި އުފެދޭ ލޯބީގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް