Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 02:50
ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެފަ
ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެފަ
ޓްވިޓަރ
ރަމަޟާން 1438
ތަކެތީގެ އަގުތައް އުފެލެނީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވުމުން: ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ މިއީ ދިވެހިންނަށް ހައްޤު މިންވަރު ނޫން ކަމަށް
ބާޒާރުގައި ބައެއް ބާވަތްތައް ލިބެން ނެތްއިރު، ބައެއް ބާވަތްތަކުގެ އަގު ވަނީ ކޮންޓްރޯލްއިން ނައްޓައިފަ
ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 60ރ. އާއި 80ރ. ދެމެދުގައި

ރަމަޟާން މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދަނީ، ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވެފައިވުމުގެ ސަބަބުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

 

ރަމަޟާން މަސް ފެށިގެން ދިޔައިރު، ބާޒާރުގައި ބައެއް ބާވަތްތައް ލިބެން ނެތްއިރު، ބައެއް ބާވަތްތަކުގެ އަގުތައް ވަނީ ކޮންޓްރޯލްނުވެ މައްޗަށް އަރައިގެންގޮސްފައެވެ. 

 

ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާއިރު އެކަމަށް އިޝާރަތްކުރައްވާ ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރޯދަމަހު ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިމިހުރީ، ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވެފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންނަށް ހައްޤު މިންވަރު ލިބެންޖެހޭ ކަމަށެވެ. 

 


 

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 60ރ. އާއި 80ރ. ދެމެދުގައެވެ. ދޮންކޭލުގެ އަގު ހުރީ ވަކެއް 5ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް ހުރީ 20ރ. އަށެވެ. ކަރާގެ އަގު މިހާރު ހުރީ ކިލޯއެއް 15ރ. އާއި 18ރ. އާދެމެދުމުގެ އަގުތަކެއްގައެވެ.

 

މާރުކޭޓުގައި ކިއުކަމްބާ ހުރީ، ކިލޯއެއް 40ރ. އަށެވެ. ލުނބޯގެ އަގު ކިލޯއެއް 35ރ. އާއި 40ރ. އަށް ހުރި އިރު، ކާށި ހުރީ، 10ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ބޮޑެތި ކާށި 30ރ. އަށް މާރުކޭޓުން ލިބެން އެބަ ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް