ދިރާގުން ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ހިލޭ އުމްރާ ދަތުރާއި ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުންކުރެވޭނެ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
ދިރާގުން ބުނީ މި އަހަރުގެ ރަމަޟާން މަހުގައިވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތަކެއް ބޭނުން ކުރުމުގެ އިތުރުން އިނާމްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ހިލޭ އުމްރާ ދަތުރާއި އަޅުކަމުގެ ކަންކަމަށް މަގުފަހިވާނެ ގޮތަށް ހިލޭ ހިދުމަތްތަކެއްވެސް ތައާރަފްކުރެވިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ސޯޝަލް މީޑިޔާގެ އެޕްލިކޭޝަން ހިލޭ ބޭނުން ކުރުމަށް *123*8*2# އަށް ގުޅުއްވުމަށް ދިރާގުން ވަނީ އެދިފަ އެވެ. ކޮންމެ ހަފްތާއަކު ފޭސްބްކު، ޓްވިޓާ، ސްނެޕްޗެޓް، އިންސްޓަގްރާމް، ވަޓްސްއެޕް ނުވަތަ ޕިންޓްރެސްޓްގެ އެޕްތަކުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް މުޅިން ހިލޭ ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ހަފްތާ ނިމުމުން އެ އެޕް ނުވަތަ އެހެން އެޕެއް ނެގުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގު ރަމަޟާން އުފާގެ ނަމުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު 2 މީހެއްގެ އުމްރާ ދަތުރެއް ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ. ހުކުރު ދުވަހު ވައިބާ ހިލޭ ބޭނުން ކުރުމުގެ ފުރުސަތުވެސް ދިރާގުން ވަނީ ހުޅުވާލާފަ އެވެ.
ހިލޭ ވައިބާ އެކްޓިވޭޓް ކުރުމަށް *123*8*1# އަށް ގުޅާލުމަށް ދިރާގުން ވަނީ ހުޅުވާލާފަ އެވެ.