ކ. މާލެ
|
26 މެއި 2017 | ހުކުރު 14:07
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ޓްވިޓަރ
އެންއެންޑީއެފް
މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ ރޭ 7:15 ހާއިރު
ދޯނި ވަނީ މިހާރު ފުންކުރެވިފައި

"ހޭންޑީ ހާޑް 2" ނަމަކަށް ކިޔާ ދޯންޏެއް، މާލޭ ދެކުނު ފަރާތުގައި އަލަށް ކަނޑާފައިވާ ނެރުމައްޗަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

 އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ރޭ 7:15  ހާއިރު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަޙައްދަށް ދިޔަ ކަމަށެވެ.

އެގޮތުން އެ ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަނުގައި ސަތަރި އަޅައިދީ، ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު، ދޯންޏަށް ދިޔަވުން ކޮންޓްރޯލް ކޮށްދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ދޯނީގެ ދިޔަގަނޑު ކޯސްޓްގާޑުގެ ޑައިވަރުން ކޮންޓްރޯލް ކޮށްފައިވަނީ، ދޯނީގެ ވެރިފަރާތުން ކުރި މަސައްކަތުން އެ ދޯނި  ފުންކުރި ފަހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

- ކޮމެންޓް