ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 21:34
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރީގެ ރައީސުން އެހެން ގައުމުތަކަށް އެހީދެއްވާތީ ފާޑުވިދާޅުވެފަ
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރީގެ ރައީސުން އެހެން ގައުމުތަކަށް އެހީދެއްވާތީ ފާޑުވިދާޅުވެފަ
އަޒުމޫން އަހުމަދު
އެމެރިކާގެ އެހީ
އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި
• ކުރިން ދެމުން އަންނަ އަދަދަށްވުރެ 86 ޕަސަންޓު ވަނީ މަދުކޮށްފައި
އަންނަ އަހަރުން ފެށިގެން ދިނުމަށް ނިންމާފައިވަނީ 440،000 ޑޮލަރު
އެހެން ގައުމުތަކަށް ވެސް ދޭ އެހީ ކުޑަކޮށްފައިވޭ

އެމެރިކާއިން ރާއްޖެއަށްދޭ އެހީ ކުޑަކޮށްފިއެވެ. 

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރީގެ ރައީސުން އެހެން ގައުމުތަކަށް އެހީދެއްވާތީ ފާޑުވިދާޅުވެފައެވެ.

އެމެރިކާއިން އެހެން ގައުމުތަކަށް އަޅާލުން ބޮޑުކަމަށްވިދާޅުވެ ކުރީގެ ވެރިންނަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރިން ދެމުން އަންނަ އެހީތައް މަދުކުރަން ނިންމުމުގެ ސަބަބުން ރާއްޖެއަށް ދެމުން އައި އެހީތައްވެސް ވަރަށް ބޮޑު އިންސައްތައަކުން ކުޑަވެއްޖެއެވެ.

މީގެ ކުރިން 3.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިފައި ވާއިރު އަންނަ އަހަރުން ފެށިގެން ދިނުމަށް ނިންމާފައި ވަނީ 440،000 ޑޮލަރުގެ އެހީ އެވެ. މިއީ ކުރިން ދެމުން އަންނަ އަދަދަށްވުރެ 86 ޕަސަންޓު މަދު އަދަދެކެވެ.

ރައީސް ޓްރަމްޕް ކޮންގްރެސް އަށް ހުށަހެޅުއްވި ބަޖެޓުގައި ރާއްޖޭގެ އިތުރުން ރާއްޖެއާ އަވައްޓެރި ސްރީ ލަންކާއަށް 42.5 މިލިއަން ޑޮލަރުގެ އެހީ މީގެ ކުރިން ދީފައިވާއިރު ދެން ދޭނީ 3.3 މިލިއަން ޑޮލަރެވެ.

ބަންގްލަދޭޝްއަށް ދޭ އެހީ 210 މިލިއަން ޑޮލަރުން ސަތޭކަ  138ހާސް ޑޮލަރަށް ބަދަލުވާނެއެވެ.

ޓްރަމްޕްގެ ކުރިން އޮތް ރިޕަބްލިކަން ސަރުކާރުން އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާއިން ސިފައިން އެރި އަފްޣާނިސްތާނަށް ދޭ އެހީ ނިސްބަތުން ކުޑަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ ކުރިން ވެރިކަން ކުރި ޑިމޮކްރޭޓުންގެ ވެރިކަމުގައި އަފްޣާންގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު ވަނީ މަދުކޮށްފައެވެ.  ރައީސް ޓްރަމްޕްގެ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި އެ ޤައުމުށް 782 މިލިއަން ޑޮލަރުގެ އެހީ ދޭން ވަނީ ހިމަނައިފަ އެވެ.

މީގެ ކުރިން  ދެ ބިލިއަން ޑޮލަރުގެ އެހީ ދެކުނު އޭޝިއާގެ ޤައުމުތަކަށް އެމެރިކާއިން ދޭއިރު މިފަހަރު ވަނީ އެ އަދަދު 1.4 އަށް ކުޑަކޮށްފައެވެ.

- ކޮމެންޓް