Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 19:06
އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއް
އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއް
ރާއްޖެ އެމްވީ
އައްޑޫ ސިޓީ
އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ
ގެއްލުން ލިބުނު އެއްވެސް އާއިލާއެއް މިހާރު ވަގުތީ ހިޔާގައި ނުތިބޭނެ
ލިބުނު ގެއްލުން ފަސް މިލިޔަން ރުފިޔާ އަށް އަރާ
ގެތަކަށް ވަދެވުނު ނަމަވެސް އަދިވެސް ދިރިއުޅުމުގައި ދަތިތަކެއް އެބަހުރި

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތައް މަރާމާތުކޮށް ނިމި އެ ގަތަކުގައި ދިރިއުޅޭ އާއިލާތައް މިހާރު އެ ގެތަކަށް ބަދަލުވެފައިވާ ކަމަށެވެ.

ސޯބެ ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ފުރާޅު އެއްލައިލި  ގެތަކުގައި އަލުން ފުރާޅު އަޅާ މަރާމަތުކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް އެ ގަތަކުގައި ކުރަން ޖެހޭ ކުދިކުދި މަރާމާތުތައް ހުރިކަން ސޯބެ ފާހަގަ ކުރެއްވިއެވެ.

ސޯބެ ވިދާޅުވީ ހާލުގައި ޖެހެނު މީހުން ވަގުތީ ހިޔާވެހިކަމުން އާންމު ދިރިއުޅުމަށް އާދެވުނު ނަމަވެސް އެ ގެތަކުގައި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބި ތަކެތި ހަލާކުވެފައިވާތީ އެ އާއިލާތަކަށް ދިރިއުޅެން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ބަދިގޭގައި ގެންގުޅޭ ތަކެތި ހަލާކުވެފައި ވާތީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ނަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ރިޕޯޓާ ބެހޭ ގޮތުން ސޯބެ ވިދާޅުވީ ގާތްގަޑަކަށް ލިބުނު ގެއްލުން ފަސް މިލިޔަން ރުފިޔާ އަށް އަރާ ކަމަށާއި އަދި އެ މައުލޫމާތު ޑިޒެސްޓާ މެނޭޖްމެންޓާ ހިއްސާ ކޮށްފައިވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ގެއްލުން ލިބުނު އާއިލާތަކަށް ބަދަލު ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ބެއްލުމަށް ޑިފެންސް މިނިސްޓަރު އިސްކޮށް ހުންނަވާއިގެން ވަނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އައްޑޫ ގައި ގާއިމްވެފައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ގެއްލުން ލިބުނު ގެތަށް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަނީ ފަށާފައެވެ.

ޖުމްލަ 13 ގެއެއްގެ ފުރާޅަ އެއްލާލާފައި ވާއިރު ތިން ގެއްއެއްގެ ފުރާޅުގައި މިހާރު ވަނީ ޓިނު ޖަހައި ނިމިފައެވެ. އެހެންނަމަވެސް ނަގޫރޯޅިއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ބައެއް ގެތަކަށް އަދިވެސް ކަރަންޓް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް