Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 16:44
މާލޭއަށް އަލަށް ޖެނެވުނު ޖަނަރޭޓަރ
މާލޭއަށް އަލަށް ޖެނެވުނު ޖަނަރޭޓަރ
ރާއްޖެއެމްވީ
މާލޭގެ ކަރަންޓްގެ ހިދުމަތް
އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ
މިއީ އޭޑީބީގެ އެހީގައި ގެނެވުނު ޖެނެރޭޓަރެއް
މިއީ 72 މެގަވޮޓްގެ ކަރަންޓް އުފެއްދޭ

މާލޭގައި އަލަށް ބަހެއްޓި ޖަނަރޭޓަރު ބޭނުން އަންނަ ހަފްތާގައި ހިފޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ، އަށް މެގަވޮޓްގެ ޖަނަރޭޓަރުގެ ޓެސްޓް ކުރުމުގެ މަސަކަތް ކުރަމުންދާ އިރު އެ ޖަނަރޭޓަރުގެ ޓެކްނިކަލް ޓެސްޓްތައް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. ރައޫފް ވިދާޅުވީ، ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތުގެ ތެރެއިން ރިލަޔަބިލިޓީ ޓެސްޓްތައް އަންނަ ހަފްތާގައި ފެށި ޖަނަރޭޓަރުގެ ބޭނުން ކުރެވެން ފެށޭނެ ކަމަށެވެ.

ސްޓެލްކޯ އިން އަލަށް ގެނައި ޖެނެރޭޓަރު ޓެސްޓްކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލައިގެން ވެސް ބުދަ ދުވަހު ވަނީ ޓެސްޓްތައް ކޮށްފަ އެވެ. އެފަދަ އެއްވެސް ޓެސްޓެއް ބުރާސްފަތި ދުވަހު ކުރުމަށް ހަމަޖެހިފައިނުވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ބުދަ ދުވަހު ކަރަންޓް ކެނޑިފައިވަނީ ހަވީރު 04:00 އިން 05:00 އަށެވެ.

މާލޭގެ ކަރަންޓްގެ ހިދުމަތް  ހަރުދަނާކޮށް ފެންވަރު ރަގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން އޭޑީބީގެ އެހީގައި ބެހެއްޓޭ އާ ޖަނަރޭޓަރާ އެކު ސްޓެލްކޯއިން މާލެއަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޖަނަރޭޓަރުގެ އަދަދު 27 އަރައެވެ.

 މި ޖެނެރޭޓަރުތަކުން ޖުމުލަ 72 މެގަވޮޓްގެ ކަރަންޓް އުފައްދަ އެވެ.

އިތުރު ޖަނަރޭޓަރެއް ގެނެސްފައިވާ އިރު، މިފާއިތުވެދިޔަ ދުވަސްތަކުގައި މާލޭގެ ކަރަންޓުގެ ނިޒާމަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ، ކަރަންޓް ކެނޑިގެން ގޮސްފައިވެ އެވެ. މިކަމުގެ ސަބަބުން އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް