Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 00:03
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާއެކު އެއްބަސްވުމުގައި ސޮއިކުރުން
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާއެކު އެއްބަސްވުމުގައި ސޮއިކުރުން
ފޭސްބުކް
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ބުދަ ދުވަހު

ހައްޖާއި އުމްރާއަށް ދާ މީހުންގެ ސިއްހީ ކަންކަން ބަލާ މެޑިކަލް ޗެކަޕް ހެދުމަށް އައިޖީއެމްއެޗާ، ހައްޖު ކޯޕަރޭޝަނުން ހަވާލުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމީނު އިދުރީސް ވިދާޅުވީ، އައިޖީއެމްއެޗާއެކު ވި އެއްބަސްވުމުގެ ދަށުން، ރަމަޟާން މަހުގެ އުމްރާ އާއި ކުރިއަށް އޮތް ހައްޖު މޫސުމުގައި އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މައްކާއަށްދާ ފަރާތްތަކުގެ ސިއްހީ ކަންކަން ކުރާނީ އައިޖީއެމްއެޗުން ކަމަށެވެ. އެގޮތުން މައްކާއަށް ދިއުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހަދާނެ އެވެ. 

މި އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ޓީމެއް ދުރާލާ ހައްޖަށްދާ މީހުންގެ ޓެސްޓްތައް ހަދައި ވެކްސިން ދިނުމުގެ އިތުރުން ސިއްހީ ގޮތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދިއުމުގެ މަސަކަތް ކުރަމުންދާ އިރު، ހައްޖަށް ފައިސާ އެއްކުރުމުގެ ހިދުމަތްވެސް އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން، މެދު އިރުމަތީގެ ގައުމުތަކަށް ތަފާތު އެކި ދަތުރުތައް ކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް