Advertisement
ކ. މާލެ
|
24 މެއި 2017 | ބުދަ 16:22
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދު
ޔާމީން މައްސަލައިގައި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މިއީ ބަންދުގެ މުއްދަތުޖެހި ދެވަނަ ފަހަރު
މުއްދަތު ޖަހާފައިވަނީ ހޯމަ ދުވަހު
މައްސަލައިގައި 7 މީހުން ހައްޔަރުކޮށްފައިވޭ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހެއްގެ ބަންދަށްކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސައްލައިގައި ފުރަތަމަ ހައްޔަރުކުރި މުޙައްމަދު ދިފްރާނާއި އަދި އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. މި ދެމީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވެސް ވަނީ މުއްދަތު ޖަހައިދީފައެވެ. ފުލުހުން ވަނީ ދިފްރާން ދިރިއުޅެމުން ދިޔަ މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ބައެއް ހެކިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރޭގައި މި މައްސަލައިގައި ހިމެނޭ ތުޙުމަތު ކުރެވޭ މީހުންގެ ޤާނޫނީ ވަކީލުވެސް ހިމެނެއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ހައްޔަރުކުރި ވަކީލު ފިޔަވައި އެއްވެސް މީހަކާއި ގުޅޭ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޔާމީން މަރާލަން އޭނާއަށް ސީދާ ހަމަލާދިން ދެމީހުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާގެ މަރަށް މަހެއް ވެގެންގޮސްފައިވާއިރު އޭނާގެ އާއިލާއާއި ރަޙުމަތްތެރިން ދަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް