Advertisement
ކ. މާލެ
|
24 މެއި 2017 | ބުދަ 09:34
އިންޑިއާ: އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ވަނީ މަރުވެފައި
އިންޑިއާ: އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ވަނީ މަރުވެފައި
ރާއްޖެ އެމްވީ
އެކްސިޑެންޓް
އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ
މަރުވެފައިވަނީ އުމުރުން 24 އަހަރުގެ އާއިޝަތު ރާއިހާ
އެއީ ރ. މަޑުއްވަރީ އަންހެނެއް
އިތުރު ދިވެހިން ތަކަަކަށްވެސް އަނިޔާވި

އިންޑިއާގައި އަންގާރަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ އެވެ.

ސަން އޮންލައިން އިން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ރ. މަޑުއްވަރީ، އުމުރުން 24 އަހަރުގެ އާއިޝަތު ރާއިހާ އެވެ.

ޓްރިވަންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް އަލީ އާދަމް ވިދާޅުވެފައިވަނީ ދިވެހިންތަކެއް ދަތުރުކުރި އުޅަނދެއް އެކްސިޑެންޓްވެ ދިވެހި އަންހެނަކު ނިޔާވި ހަބަރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ޓްރިވެންޑްރަމުން ގާތްގަނޑަކަށް ހަތަރު ގަޑިއިރުން ދުއްވާފައި ދެވޭ ހިސާބެއްގައި ކަމަށާއި ނަމަވެސް އެއީ ކޮން ސަރަހައްދެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.

އެ އެކްސިޑެންޓުގައި ނިޔާވި އަންހެން ކުއްޖާ ނިޔާވެފައިވާއިރު،  ދަތުރު ކުރި އެހެން ދިވެހިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް