Advertisement
ކ. މާލެ
|
24 މެއި 2017 | ބުދަ 05:53
ސިފައިން ހެވިކަމުގެ ހަރަކާތަކަށް ތައްޔާރުވެގެން: ޑިފެންސުން ވަނީ ޖީއެސްޓީ އިތުރަށް ހުށަހެޅި ބިލް ތަކަކަށް ފައިސާ ދައްކާފައި
ސިފައިން ހެވިކަމުގެ ހަރަކާތަކަށް ތައްޔާރުވެގެން: ޑިފެންސުން ވަނީ ޖީއެސްޓީ އިތުރަށް ހުށަހެޅި ބިލް ތަކަކަށް ފައިސާ ދައްކާފައި
އެމްއެންޑީއެފް
އޮޑިޓް ރިޕޯޓް
ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި
ތިން ކުންފުންޏަކުން އެގޮތައް ބިލް ކޮށްފައިވޭ
އެކަން ހާމަވީ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަކުން
ފައިސާ އިތުރުކޮށްފައިވަނީ ސިފައިންނަށް ކާންދިނުމަށާއި ރަށްރަށަށް ފެން އުފުލުމުގެ މަސައްކަތަކަށް

އިތުރަށް ޖީއެސްޓީ ހިމަނައިގެން ޑިފެންސް މިނިސްޓްރީއަށް ކޮށްފައިވާ ބިލްތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ.

 

އެކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޑިފެންސް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައެވެ.

 

އެއޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މުދަލާއި ހިދުމަތް ދިނުމަށް ހުށައަޅާ ކޯޓޭޝަންތަކުގެ އަގު ހުށައަޅަން ޖެހޭނީ ޖީއެސްޓީ ހިމަނައިގެންކަމަށް ވީނަމަވެސް އެއްބަސްވި އަގަށްވުރެ އިތުރަށް ޖީއެސްޓީ ފަހުން ހިމަނައިގެން ޑިފެންސް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިލްތަކަށް ފައިސާ ދޫކޮށްފައިވާ ކަމުގައެވެ.



އެގޮތުން އައްޑޫ ހިތަދޫ ޕޯސްޓްގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ މުވައްޒަފުންނަށް ކެއުމުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އިވެންޓް މެނޭޖާސް އެންޑް ކޭޓަރިން ސަރވިސްއަށް އެއްބަސްވުމުގައިވާ އަދަދަށްވުރެ އިތުރަށް  614142 (ހަސަތޭކަ ސާދަ ހާސް ސަތޭކަ ސާޅީސް ދެ ރުފިޔާ) ރުފިޔާ ދޫކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމަށް ޑިޒާސްޓަރއިން ހަވާލުކޮށްފައިވާ ޓަގް ސާވިސް މެރިން ޕްރައިވެޓް ލިމިޓެޑާއި އެންއެސްއެންޕީ ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުމަށްވުރެ އިތުރަށް 400730 (ހަތަރު ސަތޭކަ ހާސް ހަތް ސަތޭކަ ތިރީސް ރުފިޔާ) ރުފިޔާ ދީފައިވާކަމަށްވެސް ޑިފެންސް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް