Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 23:46
މަޖިލީހުގައި ޓްރޭޑް ޔޫނިއަން ތަމްސީލް ކުރައްވަން ކަނޑައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު
މަޖިލީހުގައި ޓްރޭޑް ޔޫނިއަން ތަމްސީލް ކުރައްވަން ކަނޑައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު
ރާއްޖެއެމްވީ
ޓްރޭޑް ޔޫނިއަން
ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި
ދެ ނައިބު ރައީސުންނާއި، މަޖިލިސް ތަމްސީލް ކުރާނެ މެންބަރަކު އައްޔަން ކުރީ އަންގާރަ ދުވަހު
ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދިމާވަ މައްސަލަތަށް ހައްލުކުރުމަށް އަމީތު މަސައްކަތް ކުރައްވާނެ

ޓްރޭޑް ޔޫނިއަން އިން ދެ ނައިބު ރައީސުންނާއި، މަޖިލީހުގައި ޔޫނިއަން ތަމްސީލް ކުރާނެ މެންބަރަކު އައްޔަންކޮށްފިއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއެްގައި ބުނެފައިވަނީ، ދެ ނައިބު ރައީސުންނާއި، މަޖިލީހުގައި ޔޫނިއަން ތަމްސީލް ކުރާނެ މެންބަރަކު އައްޔަން ކުރީ އަންގާރަ ދުވަހު އެ ޔޫނިއަނުން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ކަމަށެެވެ.

ނައިބު ރައީސުންގެ ގޮތުގައި، އައްޔަންކޮށްފައިވަނީ، އެސްޓީއޯގެ ކުރީގެ އެމްޑީ، އާދަމް އާޒިމްއާއި، ޝިހާމް މުހައްމަދު ވަހީދެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ޓްރޭޑް ޔޫނިއަން ތަމްސީލް ކުރުމަށް ހޮވިފައިވަނީ، މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދިމާވަ މައްސަލަތަށް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނީ މުހައްމަދު އަމީތުކަމަށެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް