ކ. މާލެ
|
23 މެއި 2017 | އަންގާރަ 22:38
ދެ ރުފިޔާގެ އާ ފޮތި އިގުސާދަށް ނެރޭނެ ދުވަހެއް އަދި ނޭނގޭ
ދެ ރުފިޔާގެ އާ ފޮތި އިގުސާދަށް ނެރޭނެ ދުވަހެއް އަދި ނޭނގޭ
ގޫގުލް
އެމްއެމްއޭ
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
 
މި ފައިސާފޮތިތަކުގެ ސިފަތަކާއި، އެހެން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން މިހާތަނަށް އާންމުކޮށްފައެއްނުވެ
 
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް އިގްތިސާދުގައި ދައުރުވާން ނެރޭނެ ވަކި ތާރީޚެއް އެމްއެމްއޭއިން އަދި ހާމައެއް ނުކުރެ
 
ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ގެނައީ ހޯމަދުވަހު

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް ޖަހައިގެން ރާއްޖެ ގެނެސްފިއެވެ.

 

އެމްއެމްއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ހޯމަދުވަހު ވަނީ ގެނެސް، ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައެވެ.

 

"މި އޮތޯރިޓީންް ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން 2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން 22 މޭ 2017 ގައި ރާއްޖެ ގެނެވި، ދައުލަތުގެ ޚަޒާނާގައި ވަނީ ރައްކާކުރެވިފައެވެ." އެމްއެމްއޭގެ ބަޔާނުގައިވެއެވެ.

 

މި ފައިސާފޮތިތަކުގެ ސިފަތަކާއި، އެހެން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން މިހާތަނަށް އާންމުކޮށްފައެއްނުވެއެވެ.

 

އެމްއެމްއޭއިން މި މަހުގެ ތެރޭގައި ވަނީ، ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ލޯންޗުކޮށްފައެވެ. އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި ސާރކިއުލޭޝަނަށް ނެރުމަށް ނިންމާފައިވާ މި ނޫޓަކީ، މިހާރު ބޭނުންކުރަމުންދާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި އެ ނޫޓުތަކުގައި ހިމެނޭ ހުރިހާ ސަލާމަތީ ސިފަތައްވެސް ހިމަނައިގެން ފަރުމާކޮށްފައިވާ ނޫޓެކެވެ.

 

އެހެންނަމަވެސް އަލަށް ޖަހައިގެންގެނައި ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް އިގްތިސާދުގައި ދައުރުވާން ނެރޭނެ ވަކި ތާރީޚެއް އެމްއެމްއޭއިން އަދި ހާމައެއް ނުކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
24 މެއި 2017 | ބުދަ 10:50
ސަންތި
ހާދަ ހީވެއޭ މި ލާރިކޮޅު އަބުރު ފަންޑަށް ދޭން އުޅޭހެން.. ލޮލް