ކ. މާލެ
|
8 އޮކްޓޯބަރ 2021 | ހުކުރު 08:05
ޖަޒީރާ އެއާވޭސް
ޖަޒީރާ އެއާވޭސް
ސީ.އެން.އެން
ޖަޒީރާ އެއާވޭސް
ބޮމުގެ އިންޒާރާއެކު، ޖަޒީރާ އެއާވޭސްގެ ބޯޓެއް އެމަޖެންސީގައި ޖައްސައިފި
ބޯޓު ދަތުރުކުރަމުން ދިޔައީ ކުވައިތުން

ކުވައިތުގެ އެއާލައިނެއްކަމަށްވާ ޖަޒީރާ އެއާވޭސްގެ މައި މަރުކަޒަަށް ބޮމުގެ އިންޒާރެއް ލިބުމާއެކު، ދަތުރުކުރަމުންދިޔަ އެ އެއާލައިންގެ ބޯޓެއް ތުރުކީއަށް ޖައްސައިފިއެެވެ.

އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ ބޯޓު އެމަޖެންސީގައި ޖައްސާފައިވަނީ ތުރުކީގެ ޓްރެބްޒަން ސިޓީގެ އެއާޕޯޓަށް ކަމަށާއި، އެ ބޯޓުން ދަތުރުކުރަމުން ދިޔައީ 51 ފަސިންޖަރުންނާއި 6 ކްރޫއިންނާ އެކުގައި ކަމަށެވެ. އަދި ރައްކާތެރިކަމާއެކު ބޯޓު ޖެއްސިފައިވާ ކަމަށާއި، ފަސިންޖަރުން ވެސް ސަލާމަތްތެރިކަމާއެކު ބޯޓުން ބާލައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރިޕޯޓުތަކާ ހަވާލާދީ ބުނެފައިވަނީ ސަލާމަތީ ކަންކަން ކަށަވަރުކުުުރުމުގެ ގޮތުން މިހާރު ފަސިންޖަރުންގެ ދަބަސްތަކާއި، ބޯޓުގެ އެތެރެ ބަލައި ފާސް ކުރަމުންދާކަމަށާއި، ބޮމުގެ ހަމަލާ ދޭނެކަމަށް ބުނެ ދީފައިވާ އިންޒާރުގައި، އެމަޖެންސީގައި ޓްރެބްޒަންއަށް ޖެއްސި ފްލައިޓް ފާހަގަ ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އޭވިއޭޝަން ރެގިއުލޭޝަން ގަވާއިދާ އެއްގޮތަށް ބޯޓު ވަނީ ޖައްސާފައެވެ. އަދި ދަތުރު ކުރިޔަށް ގެންދާނީ ފަސިންޖަރުންގެ ލަގެޖުތައް ބަލައި ފާސް ކުރުމަށް ފަހުއެވެ.

ހަމަލާގެ އިންޒާރާ ގުޅިގެން ޖަޒީރާ އެއާލައިންގެ ހުރިހާ ފްލައިޓްތަކަކުން ވެސް ސަލާމަތީ ކަންކަން ބެލުން ކުރިޔަށްވުރެ ހަރުކަށި ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް