Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 03:05
ދިވެހި ޖުމްހޫރިއްޔާގެ ސްޕްރީމް ކޯޓު - ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްހަކަން ކަނޑައަލާނި އެކޯޓުން
ދިވެހި ޖުމްހޫރިއްޔާގެ ސްޕްރީމް ކޯޓު - ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްހަކަން ކަނޑައަލާނި އެކޯޓުން
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ނިންމުމެއްގެ ސައްހަކަން ކަނޑައަޅާނީ ސްޕްރީމް ކޯޓުން: ހުކުމް
ނިންމީ ސްޕްރީމް ކޯޓުގެ މުޅި ބެންޗުގެ އިއްތިފާގުން
މަޖިލީހުން ނިންމިޔަސް ސްޕްރީމް ކޯޓުން ސައްހަކަން ކަނޑައަޅަން ޖެހޭ
ސްޕްރީމް ކޯޓުން ވަނީ މި ގޮތައް އަމަލު ކުރުމަށް މަޖިލީހަށް އަމުރު ކޮށްފައި

އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ނިންމުމެއްގެ ސައްހަކަން ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމަށް އެކޯޓުން ހޯމަ ދުވަހު ކަނޑައަޅާ އެ ގޮތައް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ސްޕްރީމް ކޯޓުން މިގޮތައް ނިންމީ ސްޕްރީމް ކޯޓުގެ މުޅި ބެންޗުގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން މިގޮތައް ހުކުމް ކުރީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަކޮށް އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހުގައެވެ.

ސްޕްރީމް ކޯޓުން މި މައްސަލައިގައި ކުރި ހުކުމަށް ބަލާއިރު، ޖުމްލަ ކޮށް އަމުރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅާނެ ކަމަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގައި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ރިއާޔަތް ކޮށްފައިވީނަމަވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ނިންމުމެއްގެ ސައްހަކަން ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމަށް ކަނޑައަޅާފައި އޮތުމުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެހެން ކޮންމެ މައްސަލައެއްގައި އެކަމުގެ ސައްހަ ކަން ބެލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ބެލެއެވެ. އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސްއާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރިޔަސް އިތުބާރު ނެތް ކަމަށް ނިންމޭނީ ސްޕްރީމް ކޯޓުން އެކަން އެ ގޮތައް ކަނޑައެޅުމުން ކަމަށްވެސް ހުކުމުން ދޭހަވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
23 މެއި 2017 | އަންގާރަ 11:35
އެޑަްމް
ރައީސް އަކަށް ހޮވޭ މީހަކުވެސް ސްޕްރީމްކޯޓުން ގޮތެއް ނިންމީމަ ނޫނީ ވެރިކަމާ ހަވާލުނުވެވޭގޮތަށް ހަދަން ފެނޭ،
23 މެއި 2017 | އަންގާރަ 00:05
Kambulo
Memberun majleehah vadhe nikume ulheveyneba
22 މެއި 2017 | ހޯމަ 22:39
އިހުމާލް
ދިވެހިރައްޖޭގެ ވެރިކަން ކުރަން ސުޕުރިން ކޯޓާއި ހަވާލު ކުރުމަށް ފެނޭ.