ކ. މާލެ
|
22 މެއި 2017 | ހޯމަ 09:19
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއް:ނިޒާރު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި އެއްކޮށް ޕީޕީއެމް މެންބަރުން ނުނިކުންނެވުމަށް ނިޒާރު ގޮވާލެއްވި
މަޖިލިސް ހުއްޓިފައި އޮތުމަކީ، މެޖޯރިޓީ ގެއްލިފައިވާކަމުގެ ހެއްކެއް
ރައީސް ޔާމީނާ ނުލައި ޕީޕީއެމް ކުރިއަށް ގެންދަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމްގެ މެންބަރުން ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދަޅުވެއްޖެއެވެ.

 

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ނިންމުން  ކައުންސިލް އިންތިޚާބުން ފެނިގެން ހިނގައްޖެކަމަށެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ސިޔާސީ ކުރިމަގު ނިންމަވަންވީ ގޮތް މިހާރު އެ އޮތީ ސާފުވެފައިކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

 

އެބޭފުޅުން ކުރިމަގަށްޓަކައި ރަނގަޅު ވިސްނުމެއް ވިސްނަވާ ކަމަށް ވާނަަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ އެއްކޮށް ނުނިކުންނަވާނެ ކަމަށް ނިޒާރު ވިދަޅުވިއެވެ.

 

ނިޒާރު ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގައި މިހާރު ސަރުކާރަށް މެޖޯރިޓީއެއް ނެތެވެ. އެކަން ދޭހަވާ ކޮށްދެނީ، ނިޒާރު ވިދާޅުވި ގޮތުގައި، ގަވާއިދުގައި ކަނޑައަޅާފައިވާ ތާރީހުގެ ކުރިން މަޖިލިސް ޗުއްްޓީއަށް ދިއުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ދެ ވަނަ ދައުރުގެ ޗުއްޓީ އަކީ މެއި މަހެވެ. ނަމަވެސް އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން މަޖިލީސް މިފަހަރު ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. 

 

މަޖިލިސް ހުއްޓިފައި އޮންނަނީ ކުރާނެކަމެއް ނެތިގެންކަމަށް ގަބޫލްނުކުރައްވާ ކަމަށާއި، އެހެން އެކަން ވެފައިވަނީ ސަރުކާރަށް މަޖިލީހުގެ ބާރު ނެތި ގޮސްފައިވާތީކަމަށް ނިޒާރު ވިދާޅުވިއެވެ.

 

އަލީ ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ސަބަބުން ޕީޕީއެމްގެ  މަގުބޫލުކަން ގެއްލިފައިވާކަމަށެވެ. އެހެންކަމުން ޕީޕީއެމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ޔާމީނާ ނުލާ ޕީޕީއެމް ކުރިއަށް ގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

 

ސަރުކާރެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ހުރިހާ ޚިދުމަތްތަކެއްދީ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ހަމަހަމަކަންމަތީ ފޯރުކޮށްދިނުން ކަމަށް ވާއިރު، ކޮންކްރީޓުން ތަރައްގީ ގެނައުމަކީ ތަރައްގީ ކަމަށް ނުބެލެވޭނެ ކަމަށް ނިޒާރު ވިދަޅުވިއެވެ.

2018 ވަނަ އަހަރުގެ އިންތިޚާބަށް ރައީސް ޔާމީން ނުކުންނެވި ނަމަވެސް ކާމިޔާބު ވާނޭ އެއްވެސް ފޯމިއުލާއެއް ނެތްކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ކަންކަން ކުރަމުން ގެންދަނީ ގަދަބާރާއި ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ކާމިޔާބުވެއްޖެ ނަމަ މިހާރަށް ވުރެ ރައްޔިތުން ހާލުގައި ޖެހި ނޫސްވެރިން ކަސްދޮޅުއަޅާ، ރާއްޖެޓީވީއާއި އެހެނިހެން ޓީވީ ޗެނަލްތައް ބަންދުކުރާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

- ކޮމެންޓް
22 މެއި 2017 | ހޯމަ 10:19
ޔޫކޭމީހާ
ނަޝީދު ގޮވައިގެން އެމްޑީ÷ީޕ ވެސް ނިކުތުނަކީ އެއަށްވުރެ ބޯނުބައި ކަމެއް އަދި ބޭކާރު ކަމެއް.. ހާހާހާ