Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 14:29
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ ބައްޕަ ޙުސައިން ރަޝީދު
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ ބައްޕަ ޙުސައިން ރަޝީދު
މުހައްމަދު ޝަރުހާން
ޔާމީން ރަޝީދު
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް އިންޑިއާގެ ކިބައިން ވަނީ އެދިފަ
ޔާމީންގެ މައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފައިވޭ
ހައްޔަރުކުރި ބައެއް މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ޕްރޮމޯޓްކޮށްފައިވޭ

ދީނީ ހަރުކަށި ފިކުރު ރައްޖޭގައި ފެތުރުން ހުއްޓުވުމުގައި އެހީވުމަށް ޔާމީން ރަޝީދުގެ ބައްޕަ، އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. 

 

ދި ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީންގެ ބައްޕަ މި ވަގުތު ހުރީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވައި، ޔާމީންގެ މަރަށް އިންސާފު އަވަސް ކުރުމަށް، އިންޑިއާ ސަރުކާރުގެ އެހީ ހޯދުމަށް ޙުސައިން ރަޝިދު ދަނީ މަސައްކަތް ކުރަމުންނެވެ.

"އިންޑިއާގެ ގާތުގައި (އަވަށްޓެރި ޤައުމެއްގައި) ދީނީ ހަރުކަށި ފިކުރު ދަނީ ފެތުރެމުން. އިންޑިއާއިން އެހީވާން ޖެހޭ"، ޙުސައިން ރަޝީދާ ހަވާލާދީ، ދި ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވެއެވެ.

ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޔާމީންގެ އާއިލާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުލުހުން ވަނީ ޔާމީންގެ މަރުގެ މައްސަލައިގައި ތަހުޤީޤަށް ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކޮށްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތް މީހަކު މިހާރު ހަޔައްރުކޮށްފައިވާއިރު، އޭގެ ތެރޭގައި މި މައްސަލައިގައި ހައްޔަރުކުރި ބައެއް ފަރާތްތަކުގެ ވަކީލު ވެސް ހިމެނެއެވެ. ހައްޔަރު ކުރި ވަކީލު މެނުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ލިބިފައިވާ މައުލުމާތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއްކަން ދޭހަ ކުރެވޭ ކަންކަން ވަނީ ހާމަވެފައެވެ. އެގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވާ ބައެއް ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ދީނީ ހަރުކަށި ފިކުރުގެ އެކި ޖަމާއަތްތައް ޕްރޮމޯޓްކޮށް ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާ އަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނެފައި ވަނީ އެ ދެ މީހުން ވެސް ހައްޔަރުކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 މެއި 2017 | ހޮނިހިރު 14:59
Adam Saleem
Kobaatha harukashi fikurakee.
20 މެއި 2017 | ހޮނިހިރު 14:59
Adam Saleem
Kobaatha harukashi fikurakee.
20 މެއި 2017 | ހޮނިހިރު 12:07
ވަހީދު..
ދީނީ ހަރުކަށި ފިކުރަކީ ކޮބައިކަން ސާފްކޮއްލައިދިން ނަމަ ރަނގަޅު ވީސް ، އަމިއްލަ ދަރިފުޅު ދީނުން ބޭރުވެ މުރުތަދުވީއިރު ތިޔަ މީހުނައް ކުރެވުނީ ކޮންކަމެއް ؟ އަދިވެސް މި އުޅެނީ އެހެންމީހުން ބޮލުގަ އިލްޘާްމް އަޅުވަން.