Advertisement
ކ. މާލެ
|
19 މެއި 2017 | ހުކުރު 22:19
ރާއްޖޭގެ އިސްލާމިކް މިނިސްޓަރ 2015 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަބުރުސްތާނަކަށް ޒިޔާރަތް ކުރައްވަނީ
ރާއްޖޭގެ އިސްލާމިކް މިނިސްޓަރ 2015 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަބުރުސްތާނަކަށް ޒިޔާރަތް ކުރައްވަނީ
ކޮންސިއުލޭޓް އޮފް މޯލްޑިވްސް
އިންޑިއާއަށް ދާ ދިވެހިން
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
ގިނަ ދިވެހިން އިންޑިއާއަށް ދަނީ ބޭސްފަރުވާއަށް
އިންޑިއާއަށް ދާ މީހުންގެ ތެރޭގައި އައިއެސްއަށް ވާގިވެރިވާ މީހުން އުޅޭ ކަމަށް އިންޑިއާއިން ދެކޭ
ގިނަ ދިވެހިން ތިބޭތަން ބަދަލު ކުރާއިރު ފުލުހުންނަކަށް ނާންގާ

އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އިންޑިއާގެ ތިރިވަނަންތަޕޫރަމް އަށް އިސްލާމިކް ސްޓޭޓަށް ވާގިވެރިވާ މީހުން ދީފާނެ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތް ކަމަށް ބުނެ މުހިންމު ތަންތާނގެ ސެކިއުރިޓީ ވަރުގަދަ ކޮށް ޝައްކު ކުރެވޭ ތަންތަން ޗެކް ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ޓްރިވަނަންތަޕޫރަމްގެ ފުލުހުންގެ އިސް އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނެފިއެވެ.

މި ނޫހުގައި ބުނެފައިވަނީ، ސެކިއުރިޓީ ވަރުގަދަ ކުރީ، އިންޑިއާގެ މައި ސަރުކާރުން ލިބިފައިވާ މައުލޫމާތާއި، ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތަހުގީގުން ލިބިފައިވާ މައުލޫމާތާއި އަދި މުވާސަލާތީ ގުޅުންތަކަށް ފާރަލާއިގެން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ކަމަށެވެ.

ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގައި، ކަނޑާއި އެއްގަމާއި، އަދި ވައިގެ މަގުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޓްރިވަނަންތަޕޫރަމްގެ އިސް ފުލުހުންނާއި ހަވާލާދީ މި ޚަބަރުގައި ވެއެވެ.

މި ޚަބަރުގައި ބުނެފައިވަނީ ތިރިވަނަންތަޕޫރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތް ކުރާ ސިޓީއެއް ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ބޭސް ފަރުވާއަށް ޒިޔާރަތް ކުރާ މީހުން ކަމަށް ވިޔަސް މަދުން ނަމަވެސް އިސްލާމިކް ސްޓޭޓަށް ވާގިވެރިވާ މީހުން ދިވެހިންގެ ތެރޭގައި ޓްރިވަނަންތަޕޫރަމްއަށް އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

ޚަބަރުގައި އިތުރަށް ބުނެފައިވަނީ، ބޭރު މީހުން ތިރިވަނަންތަޕޫރަމްގައި އައިސް ތިބޭ ތަންތަނުގެ މައުލޫމާތު ފުލުހުންނަށް ފޯރު ކޮށް ދިނުމަކީ އެތަންތާނގެ ވެރިންނަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި، ނަމަވެސް އެ ފަދަ ތަންތަން ކުއްލިއަކަށް ފުލުހުން ޗެކް ކުރާއިރު އުޅޭތަން ބަދަލުކުރުމަކީ ދިވެހިން އާއްމުކޮށް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެޑްރެސް ބަދަލުވާ ނަމަ އެ މައުލޫމާތު ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ހަމަޖެހިފައި އޮތަސް އެކަން އެގޮތައް ދިވެހިން ކުރަމުން  ނުދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާކަންވެސް މި ޚަބަރުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
20 މެއި 2017 | ހޮނިހިރު 23:49
ނޫހު
މިސް ލީޑިން
19 މެއި 2017 | ހުކުރު 23:30
ދިވެހި މީހާ
ދިވެހިންގެ ތެރޭގައި ވެސް ނުރައްކާތެރި ޓެރަރިސްޓުން އުޅޭތަ؟