ކ. މާލެ
|
19 މެއި 2017 | ހުކުރު 05:05
 އެމްޓީސީސީގެ "ޚާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ" ގެ ތެރެއިން
އެމްޓީސީސީގެ "ޚާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ" ގެ ތެރެއިން
ރާއްޖެއެމްވީ
އެމްޓީސީސީ
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
 
އަސާސީ ގަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭ އިން ހުއްޓުވީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަތަކެއް ހުރިކަމަށް ބުނެ
 
އެމްޓީސީސީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭ އިން ހުއްޓުވީ ޖަލްސާ ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމަށް އެކުންފުނީގެ އެނުއަލް ޖެނެރަލް މީޓިންގއެއް ބޭއްވުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން އެކަމަށް ހުރަސްއަޅައިފިއެވެ.

ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އޭޖީއެމް މީޓިންގގައި އެމްޓީސީސީގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ، އަސާސީ ގަވާއިދަށް އިސްލާހު ނުގެންނަން ނިންމީ ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް ސީއެމްޑީއޭ އިން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

އެމްޓީސީސީގެ އަސާސީ ގަވައިދަށް އިސްލާހު ގެންނަން ހޮޓެލް ޖެންގައި ބޭއްވި "ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ" އަށް ހުށަހަޅާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންގެ އަދަދު 10 ން ހަތަކަށް މަދު ކުރުމާއި ހިއްސާގެ މޫނުމަތީ އަގު ދަށް ކުރުމާއެކު ރައިޓްސް އިޝޫ ކުރުމެވެ. ނަމަވެސް ޖަލްސާ ބާއްވަން ކައިރިވެފައި ވަނިކޮށް ސީއެމްޑީގެ އެދުމުގެ މަތިން އެ އިސްލާހު ނުގެންނަ ގޮތަށް ނިންމީއެވެ.

ނިޔާޒް ވިދާޅުވީ، ކޯޕަރޭޓް ގަވަނަންސްގެ މައްސަލަ ތަކެއް އެކަމުގައި ހުރިކަމަށް ސީއެމްޑީއޭއިން ބުނެފައިވާކަމަށެވެ. އެހެންކަމުން އެ އިސްލާހު ނުގެންނަން ނިންމީ އެހެންވެކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެމްޓީސީސީން ބުރާސްފަތިދުވަހު ބޭއްވި ހާއްސަ ޖަލްސާއަށް 123 ހިއްސާދާރުން ހާޒިރުވެފައިވެއެވެ. މިގޮތުން ޕްރޮކްސީ ހިފައިގެން ގޮސްތިބީ މީގެ ތެރެއިން 82 މީހެކެވެ.

އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާއްމު ޖަލްސާގައި އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން ނުނިންމި ނަމަވެސް އެ ކުންފުނީގެ ހިންގާ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް