Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 17:31
ލޯކަލް ލައުންސިލް އިންތިހާބުގެ ދެވަނަ ބުރު
ލޯކަލް ލައުންސިލް އިންތިހާބުގެ ދެވަނަ ބުރު
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބު
މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލް އިންތިހާބަށް ކަރުދާސް މާދަމާ ފޮނުވަނީ
ކައުންސިލް އިންތިހާބު ހޮނިހިރު ދުވަހު ބާއްވަނީ ކޮމަންޑޫ އާއި މަޑިފުށީގައި

ތ. މަޑިފުށީ ކައުންސިލް އިންތިހާބާއި ށ. ކޮމަންޑޫ ކައުންސިލް އިންތިހާބް ހޮނިހިރު ދުވަހު ބޭއްވުމަށް ވޯޓު ކަރުދާސްތައް ހުކުރު ދުވަހު އެރަށް ރަށަށް ފޮނުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކޮމަންޑޫ ކައުންސިލް އިންތިހާބު ބާއްވަނީ ދެ ކެންޑިޑޭޓެއްގެ ވޯޓް އެއްވަރު ވެގެންނެވެ. މަޑިފުށީ ކައުންސިލް އިންތިހާބް ބާއްވަނީ އިލެކްޝަންސް ކޮމިޝަނުން އެރަށުގެ އިންތިހާބު ބާތިލް ކުރުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން މަޑިފުށި އިންތިހާބު ބާތިލް ކުރީ، މަޑިފުއްޓަށް ނިސްބަތް ނުވާ މީހަކު އެ ދައިރާއަށް ވޯޓް ދެވިފައި ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ރަށުގައި ބާއްވާ ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ވޯޓު ކަރުދާސްތަކާއި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ހުކުރު ދުވަހު ކޮމަންޑޫ އާއި މަޑިފުއްޓަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކެންޑިޑޭޓުން ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ހަމަވެފައިވާ ކަމަށެވެ.

 ކޮމަންޑޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކާއި ޕީޕީއެމްގެ ޓިކެޓްގައި ތިން ކެންޑިޑޭޓަކު ވާދަކުރިއިރު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީން ވާދަކުރި ދެ ކެންޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެގޮތުން އެމްޑީޕީން ވާދަކުރި އަހުމަދު ރިފްއަތު އާއި މުހައްމަދު އާރިފް އަހްމަދުގެ ނަތީޖާ އެއްވަރުވެފައިވަނީ ދެ ކެންޑިޑޭޓުންނަށްވެސް 518 ވޯޓު ލިބިގެންނެވެ.

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. މަޑިފުށީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ނިންމީ މަޑިފުއްޓަށް ނިސްބަތް ނުވާ މީހަކު އެ ދާއިރާ އަށް ވޯޓް ދެވިފައިވާތީ ކަމަށް އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް