Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 14:49
ދެ ކޮޅޫވެއްޓިއެއް ކުޅުދުއްފުށި ފަރަށް އަރާފައި
ދެ ކޮޅޫވެއްޓިއެއް ކުޅުދުއްފުށި ފަރަށް އަރާފައި
ކުޅުދުއްފުށި އޮންލައިން
ކޮޅުވެއްޓި ފަރަށްއެރުން
ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި
ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ބޯކޮށް ވާރޭވެހި، ކަނޑުގަދަވެ، ވައިވެސް ގަދަވަމުން
މިހާރު ރާއްޖެ ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ
މޫސުމް ގޯސްވުމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފަ

ހދ. ކުޅުދުއްފުށި ފަރަށްވެރި ކޮޅުވެއްޓިއެއް ފުންކުރުމަށްދިޔަ އެހެން ކޮޅުވެއްޓިވެސް ފަރަށް އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަދަ ވަޔާއެކު އައި ކޮޅިގަނޑެއްގައި ކޮޅުވެއްޓި އަރާފައިވަނީ ކުޅުދުއްފުށި ހުޅަނގު ފަރާތު ފަރަށެވެ.

ބުދަ ދުވަހުގެ މެންދުރުފަހު އައި ކޮޅިގަނޑުގައި ފަރަށް އަރާފައިވަނީ “ސަމަލަޖް 787 ” ނަމަކަށް ކިޔާ ކޮޅުވެއްޓި އެކެވެ. އެ ކޮޅުވެއްޓީގައި އެއްވެސް މުދަލެއްނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށި ފަރަށް އަރާފައިވާ ކޮޅުވެއްޓި

ފަރަށްއެރި ކޮޅުވެއްޓި ފުން ކުރުމުގެ މަސައްކަތުގައި އުޅުނު ކޮޅުވެއްޓި ފަރަށް އެރިނަމަވެސް އެ ކޮޅުވެއްޓި ވަނީ ފުންކޮށްފަ އެވެ.

މިހާދިސާއާބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ދެއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ބޯކޮށްވާރޭވެހި، ކަނޑުގަދަވެ، އަދި ވައިވެސް ގަދަވަމުންނެވެ.

އެގޮތުން ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫއަށް ނަގޫ ރޯޅިއެއް އަރައި 13 ގެއެއްގެ ފުރާޅު އެއްލާލައި އެހެން ބައެއް އޮފީތަކަށާއި އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

މީގެއިތުރުން، ބ. ދަރަވަންދޫއިން ފުރައިގެން ޅ. ކުރެންދޫއަށް ތިން މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް، "ކަނި ސްޕީޑް" ނަމަކަށް ކިޔާ މި ލޯންޗަށް ދިޔަވެފައިވެއެވެ. އެހާދިސާ ހިންގަން މެދުވެރިވީ މޫސުން ގޯސްވެ، ޅ.މާފިލާފުށީ ކައިރިން އެ ލޯންޗުގެ ބަނޑުފިލާ ދަށުން ފަޅައިގެން ދިޔުމާ ގުޅިގެންނެވެ. މި ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ހަވީރު 17:15 ހާއިރު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން ވަނީ ހަރަކާތްތެރިވެފަ އެވެ.

އެ ލޯންޗު ބުދަ ދުވަހުގެ އިރުއޮއްސެނިކޮށް މާފިލާފުއްޓަށް ވަނުމުން، ސިފައިންގެ އެހީތެރިކަމާއެކު އެ ލޯންޗު ވަނީ މިހާރު މާފިލާފުށީ ތޮށިގަނޑުމައްޗަށް އެހެލާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 މެއި 2017 | ބުރާސްފަތި 11:17
ފަތަހަ
އެހެންނު ވާނި ވެއްޓެނީ ކޮޅުވިއްޔާ